logo
Bank of Maldives

Bank of Maldives

ޚަބަރު

އުތުރުގެ 3 އަތޮޅުގައި ހަދާފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކޮށްފި

އަޙްމަދު ޒަލީފް
16 ޖުލައި 2025 - 12:22
----
----

ރާއްޖޭގެ އެންމެ އުތުރުން އޮންނަ ތިން އަތޮޅުގައި ހަދާފައިވާ ފެރީ ސްޓޮޕްތަކާއި ޓާރމިނަލްތައް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

އެގޮތުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީ ޚިދުމަތުގައި ބޭނުންކުރާ 12 ފެރީ ސްޓޮޕަކާއި 6 ޓާމިނަލެއް، އެތަންތަން ނިސްބަތްވާ ރަށު ކައުންސިލްތަކާއި ހަވާލުކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 8ވަނަ ދުވަހާ ހަމައަށް ޖުމްލަ 18 ކައުންސިލަކާއި ފެރީ ޓާމިނަލްތަކާއި، ފެރީ ސްޓޮޕްތައް ޙަވާލުކުރެވިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އެމްޓީސީސީން ވިދާޅުވީ، ފެރީ ސްޓޮޕްތަކާއި ޓާމިންލްތައް އެކުންފުނިން އިމާރާތްކޮށްދީފައި ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައިކަމަށެވެ. އެގޮތުން، ދަތުރަށް ތައްޔާރުވެެގެން ވަޑައިގަންނަވާ ދަތުރުވެރިންނަށް މަޑުކޮށްލައްވައިގެން ތިއްބެވޭނެ އިންތިޒާމު އެފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތަކުގައި ހަމަޖެހިފައި ހުންނާނެކަމަށެވެ.

މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅަަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަން އަންނަނީ ތައްޔާރީތައް ވަމުންނެވެ. ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގަައި ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވައުދުވެވަަޑައިގަންނަވާފައެވެ.

މި ހިދުމަތް ބ. އަތޮޅުގައި ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގެ ގޮތުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޓީމެއް މިހާރު ވަނީ ބ. އަތޮޅަށް ދަތުރުތައް ފަށައިފައެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ދަތުރުތަކުގެ މައިގަނޑު މަގްސަދަކީ ބ. އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެހެނިހެން އިދާރާތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށް، މި ހިދުމަތާ ގުޅޭ މައުލޫމާތު ދިނުން ކަމަށެވެ.

އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މިހާރުވެސް ރ. އަތޮޅުގައި ދެމުންދާއިރު، ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަސް ނިމުމުގެ ކުރިން ލ. އަދި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 3 ދުވަސް ކުރިންފ. އާއި ދ. އަތޮޅުގައި މާދަމާ އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 21 ދުވަސް ކުރިންފ އަދި ދ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެޚަބަރު | މަހެއް ކުރިންއާރުޓީއެލްގެ ހިދުމަތް ނ. އަތޮޅާއި ރ. އަތޮޅުގައި ފަށަނީޚަބަރު | 3 މަސް ކުރިން