logo
ޚަބަރު

މިނިވަން ދުވަހުގެ ޖަލްސާއަށް ހުރިހާ ރައީސުންނަށް ދައުވަތު ފޮނުވަނީ

އަޙްމަދު ޒަލީފް
16 ޖުލައި 2025 - 17:25
—-
—-

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅިގެން ބާއްވަވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް އެރުވުމަށް ނިންމަވާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް އަރުވަން ނިންމަވާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޤައުމަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށާއި، ކުރީގެ ރައީސުންނާއި، ކުރީގެ ނައިބު ރައީސުންނަށް ޙައްޤު އިޙްތިރާމާއި ޤަދަރުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޤައުމަށް ގެންނަވަން ބޭނުންފުޅުވާ އަޚްލާޤީ ބަދަލުގެ އެއް ނަމޫނާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ދެ ދުވަހަކުކަމަށެވެ. އެގޮތުން ޖަލްސާ އޮންނަނީ ޖުލައިމަހުގެ 27 އަދި 28 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ސޯޝަލް ސެންޓަރުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، މިނިވަން ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުވެސް ކުރީގެ ހުރިހާ ރައީސުންނަށް އަރުވަން އެމްއޭސީއެލްއިން ވަނީ ނިންމަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 2 ގައި 60 ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި ޚަބަރު | މަހެއް ކުރިންޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފިޚަބަރު | 2 މަސް ކުރިންޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި ޚަބަރު | 2 މަސް ކުރިންމިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި ޚަބަރު | 2 މަސް ކުރިން