ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
17 ޖުލައި 2025 - 15:42

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާން ދިވެހި ބަހުގެ އެކެޑަމީން ހުޅުވައިލައިފައެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ އޮގަސްޓު 25އިން ސެޕްޓެންބަރު 13އަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށް ފަހު، އަންނަ އޮގަސްޓު 17 ވާ އާދިއްތަ 13:00ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

Ad by Hajj Corporation
މި މުބާރާތް ބެހިފައިވަނީ ތިރީގައި މި ވާ 2 ބަޔަށެވެ. އެއީ ސްކޫލްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އިސްކޫލުތަކުގެ ބައި ހިމެނެނީ، ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3) އާއި ސާނަވީ ގިންތި (ކީ ސްޓޭޖް 4) އާއި މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެވެ.
އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނެނީ، 18 އަހަރުން ދަށުގެ އުމުރުފުރާ އާއި 18 އަހަރުން މަތީގެ އުމުރުފުރައެވެ.
ބަހުސްކުރުމުގެ ބައި ކުރިއަށް ގެންދަނީ 16 އަހަރުން މައްޗަށެވެ.
އެއީ، އޮފީސް/ކުންފުނި/ކުލަބު/ޖަމުޢިއްޔާ/ޖަމާޢަތްތައް/ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކެޑަމީ/ އަމިއްލަ ޓީމުތަކުގެ ބައެވެ.
މުބާރާތުގެ އިސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތުގެ އެ އުމުރުފުރާއެއްގެ ވާހަކަދެއްކުން ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އާންމުކުރާނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.
މުބާރާތުގެ ބައިވެރިވާން އެދޭ ފޯމުގެ ލިންކުތައް:
ވާހަކަދެއްކުމުގެ ބައި (އިސްކޫލުތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައި):
https://forms.gle/QXNPCiyvvWhNd2pZA
ބަހުސްކުރުމުގެ ބައި (16 އަހަރުން މަތި)
އޮފީސް/ކުންފުނި/ކުލަބު/ޖަމުޢިއްޔާ/ޖަމާޢަތްތައް/ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކެޑަމީ/އަމިއްލަ ޓީމުތަކުގެ ބައި
https://forms.gle/LDttWwdxgfzo9CdS6
(ބ) މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލްކުރައްވާނީ vaahakadhekkun@dba.gov.mv އަށެވެ.
(ޅ) މި މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، މި އެކެޑަމީގެ ވެބްސައިޓު www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7772816ން ލިބޭނެއެވެ.


