logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީ ސިފައިން އަމިއްލައަށް މަރުވާ މިންވަރު އިތުރުވަނީ

ޔަހޫދީ ސިފައިން އަމިއްލައަށް މަރުވާ މިންވަރު އިތުރުވަނީ

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަށާފައިވާ ހަނގުރާމައިގައި ޔަހޫދީ ސިފައިން އަމިއްލައަށް މަރުވާ މިންވަރު އިތުރުވަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެންމެ ފަހުން ހިނގި މިފަދަ ހާދިސާއެއްގައި އެންމެ ދެ ހަފްތާގެ ތެރޭގައި 10 ޔަހޫދީ ސިފައިން ވަނީ މަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމާސްގެ ހަނގުތާމައިގެ އުކުޅުތަކާއި ހަމަލާތަކުގެ ދެމެދުގައި ޔަހޫދީންނަށް ތައްޔާރުވާނެ ފުރުސަތު ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ނަފްސާނީ ގޮތުން ބަލިކަށަވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރު އެކަނިވެސް 28 ޔަހޫދީ ސިފައިން ވަނީ އަމިއްލައަށް މަރުވެފައެވެ. އޭގެ ފަހުންވެސް މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު ހަނގުރާމައިގައި ބަލި ވެދާނެތީ ޔަހޫދީ ޣައިރު ގާނޫނީ ސަރުކާރުން އަންނަނީ މި މައުލޫމާތިތައް ހާމަކުރުމަށް ހުރަސްއަޅަމުންނެވެ.

ނަފްސާނީ ގޮތުން ބަލިކަށިވެ ޔަހޫދީ ސިފައިން އަމިއްލައަށް މަރުވަމުން އަންނައިރު ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީ ފައުޖަށް އަމާޒުކޮށް މިފަހުން ދޭ ހަމަލާތަކަކީ ވަރަށް ކާމިޔާބު ހަމަލާތަކެކެވެ.

ޙަމަލާއެއް އައިސްދާނެ ކަމަށް ހީވެސް ނުކޮށް ތިއްބައި ދޭ ކުއްލި ހަމަލާތައް އިތުރުކޮށް ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ކަމަށް ބަލައިގެން އުޅޭ ސަރަހައްދުތަކަށްވެސް ހަމާސްއިން އަންނަނީ ކާމިޔާބު ހަމަލާތައް ދެމުންނެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ވަރުގަދަ ހަތިޔާރާއި ބަރު އަސްކަރީ އުޅަނދުތަކުގެ ނިވަލުގައި ތިބެ ޣައްޒާއަށް ޙަމަލާ ދެމުންދާ ޔަހޫދީންނާ ޙަމާސަށް ލިބެންހުރި މަދު ވަޞީލަތްތަކާއެކު ކުރިމަތިލަމުންދާއިރު، އެ ޖަމާޢަތުން ދަނީ ކިތަންމެ ގެއްލުމެއް ލިބުނު ނަމަވެސް، ވެއްޓުމުން އަލުން ކޮޅަށް ތެދުވެ އަނެއްކާ ވެސް ޔަހޫދީންގެ ބިޔަ ލަޝްކަރާ ހިތްވަރާއެކު ކުރިމަތިލަމުންނެވެ.

ޙަމާސްގެ އަތުގައި ކުރިން ހުރި ރޮކެޓުގެ ބޮޑުބައި މިހާރު ހުސްވެފައިވާއިރުވެސް ޔަހޫދީންނާ ދެކޮޅަށް އަދިވެސް ޙަމަލާދިނުމުގެ ޤާބިލުކަން އެ ޖަމާޢަތުގެ ކިބައިގައި ހުރިކަމީ ޙަމާސްގެ ރޭވުންތެރިކަމާއި ކުޅަދާނަކަން ދޭހަކޮށްދޭ ނިޝާނެެކެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި ޚަބަރު | 6 ދުވަސް ކުރިންމެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދދުނިޔެ | 2 މަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާޚަބަރު | 3 މަސް ކުރިންޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމްޚަބަރު | 3 މަސް ކުރިން