logo
MPL

MPL

ޚަބަރު

ގެއްލިގެން ހޯަދަމުންދާ ޔާމީން ހޯދުމުގެ މަަސައްކަތް އަދިވެސް ދަނީކުރަމުން: ފުލުހުން

ޝަހްޒާ މުހައްމަދު
18 ޖުލައި 2025 - 13:32
ގ. ގާރނެޓްގައި ދިރިއުޅޭ ޙަސަން ޔާމީން (30 އަހަރު)
ގ. ގާރނެޓްގައި ދިރިއުޅޭ ޙަސަން ޔާމީން (30 އަހަރު)

ގ. ގާރނެޓްގައި ދިރިއުޅޭ ޙަސަން ޔާމީން (30 އަހަރު) މިދިޔަ ޖުލައި 11 ވަނަ ދުވަހުގެ ރޭ 9:25 އެހައިކަށްހާއިރު ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރި މައްސަލައާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުންބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހު ޙަސަން ޔާމީންގެ އާއިލާގެ ފަރާތުންކަމަށާއި މައްސަލަ ރިޕޯޓުކުރުމާއެކު، ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ފުލުހުންގެ ޚިދުމަތުގެ ގުޅުންހުރި ބަހާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިޥާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކޮށްފައިވާކަމަށްވެސް އެވެ. ނަމަވެސް، ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތަޙުޤީޤުތަކުން ދައްކާގޮތުގައި ޙަސަން ޔާމީން ޤައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްދީފައިވާކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުންގެ ފަރާތުން ކުރެވެންހުރި އެންމެހައި މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.

ޙަސަން ޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | ދުވަހެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 9 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 9 ދުވަސް ކުރިން