logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ޝަހްޒާ މުހައްމަދު
19 ޖުލައި 2025 - 06:00
ރައީސް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭ ވަނީ ދިވެހިރާއްޖެއަށް އެ ޖަމްޢިއްޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުހިންމު ބައްދަލުވުމުގައި، ސެކްރެޓަރީ ޖެނެރަލް ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެމުންގެންދާ އެހީތެރިކަން ކުރިމަގުގައިވެސް ދެމެހެއްޓޭނެކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.

ބައްދަލުވުމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ނަމޫނާ ދައުރު ފާހަގަކުރައްވާފައެވެ. އަދި 2040 އަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ލަނޑުދަނޑި ޙާޞިލުކުރުމުގައި ކޮމަންވެލްތުގެ އެހީތެރިކަމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ދެ ފަރާތުގެ މަޞްލަޙަތު އެކުލެވޭ އެތައް ކަމެއް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ޑިމޮކްރަސީއާއި ރަނގަޅު ވެރިކަމުގެ އުޞޫލުތަކާއި، ވިޔަފާރިއާއި އިޤްތިޞާދީ ކުރިއެރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމާ ގުޅޭ ކަންކަން ހިމެނެއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް މަގުފަހިވި މުހިންމު ފުރުޞަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޢީމްގެ ހަނދާންތައް ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފަނޑުވުމެއްނެތި ދެމިހުންނާނެ: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންމަޖިލިސް ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިޚަބަރު | 5 ގަޑިއިރު ކުރިންރިޔާސީ ބަޔާން އިއްވެވުމަށް ފެބްރުއަރީ 5 ވަނަ ދުވަސް ސަރުކާރު ބަންދުޚަބަރު | 5 ގަޑިއިރު ކުރިންބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | ދުވަހެއް ކުރިން