މާޅެންދޫ ކައުންސިލް ކަޕް: މެޗްޑޭ 3 ގެ ހޭންޑްބޯލް މެޗުތައް ކަމަނަ އަދި ޗެލެންޖާރސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި
19 ޖުލައި 2025 - 04:24
.png&w=3840&q=75)
ނ. މާޅެންދޫ ކައުންސިލް ފުޓްސެލް އަދި ހޭންޑް ބޯލް ޗެލެންޖު 2025 ގެ މެޗްޑޭ 4ގައި އިއްޔެވެސް ވަރަށް ފޯރިގަދަ 4 މެޗެއް އިއްޔެކުޅެފިއެވެ.
މިމުބާރާތުގައި އިއްޔެ ހަވީރު ފުރަތަމަ ކުޅެވުނު ފުޓްސެލް މެޗްގައި ވިކްޓޮރީ ވައިޕާސް އާއި އޮރިޖިނަލް އެސްސީ ބައްދަލްކުރިމެޗް، 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އޮރިޖިނަލް އެސްސީއެވެ. މި މެޗްގެ މޭން އޮފްދަ މެޗްގެ މަޤާމް ހޯދީވެސް އޮ އޮރިޖިނަލް އެސްސީ ގެ ޖާޒީ ނަމްބަރ 24 މުޙައްމަދު އަނޫފްއެވެ.
ވިކްޓޮރީ ވައިޕާސް އާއި އޮރިޖިނަލް އެސްސީ ވާދަކުރި މެޗުގެ ތެރެއިން
އިއްޔެ ކުޅެވުނު ހޭންޑްބޯލް މެޗްތައް ކަމަނަ އަދި ޗެލެންޖާރސް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން ހަވީރު ކުޅެވުނު ހޭންޑްބޯލް މެޗްގައި ކަމަނަ އަދި ސްޓާ ސްޓްރައިކާސް އާއި ބައްދަލްކޮށް 29 ލަނޑު 9 ލަނޑުން ކަމަނަ މެޗް ކާމިޔާބު ކޮށް މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ކަމަނަ ގެ ޖާޒީ ނަމްބަރ 15 އީމާނާ ޢަލީ އެވެ.
ކަމަނަ އާއި ސްޓާ ސްޓަރއިކާސް ވާދަކުރި މެޗުގެ ތެރެއިން -
އަދި ރޭގަނޑު ކުޅެވުނު ހޭންޑުބޯލް މެޗްގައި ބައްދަލް ކުރީ އުންމީދު އަދި ޗެލެންޖާރސްއެވެ. މިމެޗް 3 ލަނޑު 16 ލަނޑުން ޗެލެންޖާރސް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން ރޭކުޅެވުނު ފުޓްސަލް މެޗް ގައި ކަބަޓާން އެންޖީ އާއި ކަބަޓާން އެފްޓީ ބައްދަލް ކޮށް 2 ލަނޑު ޖަހައިގެން ބައިކޮޅަށް ގޯލެއް ނުވަދެ މެޗްކާމިޔާބު ކުރީ ކަބަޓާން އެފްޓީއެވެ. މިމެޗްގެ މޭން އޮފްދަމެޗް ގެ މަޤާމަށް ހޮވިފައިވަނީ ކަބަޓާން އެފްޓީގެ ޖާޒީ ނަމްބަރ 5 ޙަސަން ޖަވާދުއެވެ.
ކަބަޓާން އެންޖީ އަދި ކަބަޓާން އެފްޓީ ވާދަކުރި މެޗުގެ ތެރެއިން
ކޮންމެދުވަހެއްގެ ހަވީރާއި ރޭގަނޑު މެޗްތައް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަދުވެސް 4 މެޗް ކުޅުމަށް ހަމެޖެހިފައިވެއެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް މާޅެންދޫ ކައުންސިލުގެ ޔޫޓިއުބް ޗެނަލުން ލައިވްކުރާނެއެވެ.