ތަފާތުބޮޑުކޮށް ޕެނަލްޓީގައި ކުރިހޯޯދައިގެން މާޅެންދޫ ގެ ހޭންޑްބޯލް ޗެންޕިއަންކަން ކަމަނަ އަށް
22 ޖުލައި 2025 - 06:05

ނ. މާޅެންދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2025 ގައި އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ވާ ކަމަނަ އަދި ޗެލެންޖާސް ވާދަކުރި ފޯރިގަދަ މެޗު އެއްވަރުވެ، ޕެނަލްޓީގައި ތަފާތުބޮޑުކޮށް ކަމަނަ މެޗު ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމަކަށްފަހު 11 - 11 ލަނޑުން މެޗްގެ ފުރިހަމަ ވަތު ވަނީ ދެޓީމް އެއްވަރުވެގެންނެވެ. އެހެންކަމުން ޗެންޕިއަންޓީމެއް ކަނޑައަޅަންޖެހި ޕެނަލްޓީގައި، ޗެލެންޖާރސް އިން ޖެހި 5 ޕެނަލްޓީވެސް ކަމަނަ ޓީމުގެ ކީޕަރަު ވަނީ ދިފާއުކޮށްފަެވެ. އަދި ކަމަނ ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ އެޓީމުން ކާމިޔާކޮށްފައެވެ. އެހެންކަމުން ކަމަނަ އިން މެޗުކާމިޔާބުކުރަނީ 15-11 އިންނެވެ.
މެޗްގެ ކުއީން އޮފް ފަ މެޗަށް ހޮވުނީ ކަމަނަ އިގެ ގޯލްކީޕަރ ހަމްޝާ މުޙައްމަދު ނަސީމް އެވެ.
ފައިނަލް މެޗުގެ މޮޅުުކުޅުންތެރިޔާ
މީގެއިތުރުން މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ 10 ވަނަ މެޗް ރޭގައި ވަނީ ކުޅެފައެވެ. މިމެޗްގައި ވާދަކޮށްފައިވަނީ ކަބަޓާން އެސްސީ، އަދި ކަބަޓާން އެފްޓީ އެވެ. މިމެޗު 2 ލަނޑު 0 ލަނޑުން މެޗް ކާމިޔާބު ކުރީ ކަބަޓާން އެސްސީއެވެ. މި މެޗްގެ މޭން އޮފްދަމެޗް އަށް ހޮވުނީ ކަބަޓާން އެސްސީގެ މުޙައްމަދު ފާސިރު އެވެ.
ކަބަޓާން އެސްސީ، އަދި ކަބަޓާން އެފްޓީ ވާދަކުރި މެޗުގެ ތެރެއިން
މިމެޗާއެކު މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ގައި ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ ގުރޫޕްގެ 1 ވަނަ ޓީމްގެ ގޮތުގައި ފައިނަލް ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ ކަބަޓާން އެސްސީ އެވެ. މިމުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަލިބޭނީ 23 ޖުލައި 2025 ހަވީރު 4:30 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުގައި މޮޅުވާ ޓީމަކަށެވެ. މިމެޗްގައި ބައްދަލް ކުރާނީ ގުރޫޕް ސްޓޭޖުން 2 ވަނަ ޓީމް ކަބަޓާން އެފްޓީ އާއި 3 ވަނަ ޓީމް ކަބަޓާން އެންޖީ އެވެ.
ފުޓްސަލް މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 25 ޖުލައި 2025 ގައެވެ.