މާޅެންދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ކަބަޓާން އެސްސީ އާއި ކަބާޓާން އެފްޓީ
24 ޖުލައި 2025 - 04:36
.png&w=3840&q=75)
"ނ. މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 " މުބާރާތުގެ ފައިނަލުގައި ވާދަކުރާނެ ދެޓީމެއް ކަނޑައެޅިގެން ހިނގައްޖެއެވެ.
ޖުމްލަ ފަސްޓީމެއް ބައިވެރިމާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ކަބަޓާން އެސްސީއެވެ. ކަބަޓާން އެސްސީ ވަނީ މިމުބާރާތުގައި ކުޅެވުނު 4 މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ގްރޫޕް ސްޓޭޖުގައި ހޯދާފައެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ އަށް ދިޔަ ކަބަޓާން އެފްޓީ އާއި ތިންވަނަ އަށްދިޔަ ކަބަޓާން އެންޖީ ވާދަކުރި ސެމީ ފައިނަލްމެޗު އިއްޔެ 5-2 އިން ކަބަޓާން އެފްޓީ އިން ވަނީ ކާމިޔާބުކޮށް، ފައިނަލުގެ ފަހުޖާގަ ހޯދާފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަބަޓާން އެފްޓީގެ ޙަސަން ޖަވާދު މުޙައްމަދެވެ.
ސެމީ ފައިނަލްގެ މޮޅުކުޅުންތެރިޔާ ޙަސަން ޖަވާދު މުޙައްމަދު
އިއްޔެ ކުޅެވުނު ސެމީ ފައިނަލުގެ ތެރެއިން
މިމުބާރާތުގެ ފައިނަލުގައި ކަބަޓާން އެސްސީ އަދި ކަބަޓާން އެފްޓީ ވާދަކުރާ މެޗް ކުޅެން ހަމަޖެހިފައިވަނީ 25 ޖުލައި 2025 ދުވަހު ހަވީރު 4:30 ގައެވެ. ފައިނަލްމެޗު ކައުންސިލުގެ ޔޫޓިއުބް ޕޭޖުން ލައިވްކުރާނެއެވެ.