logo
E-Platinum
ވިޔަފާރި

ފަތުރުވެރިންގެ އަދަދު 9.6% އިތުރު ވުމާއެކު، 1.2 މިލިޔަނަށް އަރައިފި

ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިޔަންއަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޖުލައި މަހުގެ މިހާތަނަށް 1،202،262 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 9.6 ޕަސެންޓްގެ އިތުރު ވުމެކެވެ. މިިދިޔަ އަހަރު މިހާތަނަށް އައިސްފައިވަނީ 1,097,160 ފަތުރުވެރިންނެވެ. އެގޮތުން މި ދިޔަ އަހަރުގެ މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 5،883 ފަތުރުވެރިން އައިސްފައިވާއިރު މި އަހަރުގެ މި މުއްދަތުގައި މިހާތަނަށް ދުވާލެއްގެ މައްޗަށް 6،103 ފަތުރުވެރިން އައިސްފައިވެއެވެ.

މިމަހުގެ މިހާ ހިސާބަށް އެންމެ ގިނައިން އައިސްފައިވަނީ ޗައިނާ ފަތުރުވެރިން، އެއީ 165،134 ފަތުރުވެރިންނެވެ. އެއަށް ފަހު ރަޝިއާއިން 140،298 ފަތުރުވެރިން، ޔޫކޭ އިން 115،133 ފަތުރުވެރިން، އިޓަލީއިން 89،951 ފަތުރުވެރިން، ޖަރުމަނުން 86،927 ފަތުރުވެރިން، އިންޑިއާއިން 71،508 ފަތުރުވެރިން، އެމެރިކާއިން 37،414 ފަތުރުވެރިން، ފްރާންސްއިން 36،307 ފަތުރުވެރިން، ސްވިޒަލޭންޑްއިން 24،120 ފަތުރުވެރިން އަދި އޮސްޓްރޭލިޔާއިން 23،198 ފަތުުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 875،326 ފަތުރުވެރިން ނުވަތަ 72.8 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 267،378 ފަތުރުވެރިން ނުވަތަ 22.2 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 32،812 ފަތުރުވެރިން ނުވަތަ 2.7 ފަތުރުވެރިން ޗުއްޓީ ހޭދަކޮއްފަވާއިރު ޓޫރިސްޓް އުޅަނދުތަކުގައި 25،879 ފަތުރުވެރިން ނުވަތަ 2.2 ޕަސެންޓް ފަތުރުވެރިންނެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 183 ރިސޯޓާއި 880 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ އަދަދު 9.6% އިތުރު ވުމާއެކު، 1.2 މިލިޔަނަށް އަރައިފި ވިޔަފާރި | 16 ދުވަސް ކުރިންއަމިއްލަ ވަޒަނަށް ދެވޭގޮތް ނުވެ، އެތައް ހާސް ފަތުރުވެރިންނެއް ތާށިވެއްޖެ World | 2 މަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް 590،000 އަށްވުރެ ގިނަ ފަތުރުވެރިން ޚަބަރު | 4 މަސް ކުރިންފަތުރުވެރިންގެ އަދަދު ހިފެހެއްޓުމެއް ނެތި މައްޗަށް ޚަބަރު | 5 މަސް ކުރިން