logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 41 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 41 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 41 މީހުން ފަތިހުން ފެށިގެން ޣައްޒާގެ އެކި ކަންކޮޅުތަކުގައި ޝަހީދުވެފައިވާ ކަމަށް ސިއްޚީ މަސްދަރުތަކުން ރިޕޯޓުކޮށްފިއެވެ.

ހުކުރު ދުވަހު އެންމެ ފަހުން މަރުވި މީހުންގެ ތެރޭގައި ޣައްޒާގެ އިރުމަތީގެ ޓުފާ އަވަށަށް އިސްރާއީލުން ދިން ހަމަލާއެއްގައި ތިން މީހަކު ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ އަން-ނަޒްލާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ވެސް ފަސް މީހަކު ވަނީ ޝަހީދުވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން ވެސް އިސްރާއީލުން ވަނީ ޣައްޒާގެ ދެކުނުގެ އަލް-މަވާސީގައި ފަލަސްތީނުގެ މީހުން ދިރިއުޅެމުންދާ ޓެންޓުތަކަށް ހަމަލާދީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ކުޑަކުދިންނާ އެކު ފަސް މީހަކު ޝަހީދުވެފަ އެވެ. އިޒްރޭލުން އަލްމަވާސީއަށް ވަނީ ތަކުރާރުކޮށް، ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް ދީފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި އެހީއަށް އެދުނު 10 މީހަކު ވެސް ހިމެނެ އެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ވިދާޅުވީ ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އެ މީހުން ނާސިރު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 58،667 މީހުން ޝަހީދުވެ 139،974 މީހުން ޒަޚަމްވެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި ޚަބަރު | 4 ދުވަސް ކުރިންމެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދދުނިޔެ | 2 މަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާޚަބަރު | 3 މަސް ކުރިންޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމްޚަބަރު | 3 މަސް ކުރިން