logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީގެ ފަނޑުވުމެއްނެތް ޖާދޫވި ކުޅުމާއެކު އިންޓަރ މަޔާމީއަށް އިތުރު މޮޅެއް

އަބްދުﷲ ޣާނިމް
20 ޖުލައި 2025 - 06:05
މެސީ މިއަދު ކުޅުނު މެޗުގެ ތެރެއިން ކީޕަރު އަތުން ކަޓުވާލުމަށްފަހު ގޯލުޖަހަނީ
މެސީ މިއަދު ކުޅުނު މެޗުގެ ތެރެއިން ކީޕަރު އަތުން ކަޓުވާލުމަށްފަހު ގޯލުޖަހަނީ

މޭޖަރ ލީގް ސޮކަރގައި ލިއޮނެލް މެސީގެ ދެ ގޯލާއި އެސިސްޓަކާއެކު އިންޓަރ މަޔާމީއިން ނިއުޔޯކް ރެޑް ބުލްސް އަތުން 5-1 އިން މޮޅުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ރެޑްބުލްސް އިންނެވެ. ނަމަވެސް މެސީގެ އެސިސްޓަކާއެކު ޖޯޑީ އަލްބާ ވަނީ މެޗު އެއްވަރުކޮށްދީފައެވެ. އަދި ޓެލާސްކޯ ސެގޯވިއާގެ ދެ ގޯލާއެކު ފުރަތަމަ ހާފް ނިމުނުއިރު މަޔާމީ ވަނީ 3-1 އިން ލީޑު ނަގާފައެވެ. އަދި ދެވަނަ ހާފުގައި މެސީ ވަނީ ދެގޯލުޖަހައިދީ މަޔާމީއަށް ތިން ޕޮއިންޓް ޔަޤީންކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މި މޮޅާއެކު މަޔާމީއިން ވަނީ އެމްއެލްއެސްގެ ފަހުން ކުޅުނު 7 މެޗުން 6 މެޗެއްގައި މޮޅުވެފައެވެ. މީގެ އިތުރުން މެސީ ވަނީ އެންމެ ފަހުން އެމްއެލްއެސް ގައި ކުޅުނު 8 މެޗުން 12 ގޯލާއެކު 5 އެސިސްޓް ހަދާފައެވެ.

މިމޮޅާއެކު މަޔާމީ މިވަގުތުގައި އޮތީ ތިންމެޗު މަދުން ކުޅެ، އެއްވަނައިގައިވާ ސިސިނާޓީއަށްވުރެ 7 ޕޮއިންޓް ދަށުގައި ތާވަލުގެ ފަސްވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ހިންދޫދީނުގެ ބުދަށް އަޅުކަންކޮށްފިކުޅިވަރު | 2 މަސް ކުރިންލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީކުޅިވަރު | 2 މަސް ކުރިންމެސީ ބަލަންގޮސްތިބި އިންޑިޔާ ސަޕޯޓަރުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގަނެފެށުމުން މެސީ ފިލައިފިކުޅިވަރު | 2 މަސް ކުރިންމެސީގެ ދުނިޔޭގައި ހުރި އެންމެ ބޮޑު ސްޓެޗޫ އިންޑިޔާގެ ކޮލްކަތާގައި ހުޅުވަން ތައްޔާރުވެއްޖެކުޅިވަރު | 2 މަސް ކުރިން