logo
MPL

MPL

ޚަބަރު

ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މަންދީގެ މައްޗަށް ކުށް ސާބިތުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޖުލައި 2025 - 09:14
ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މަންދީގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ބެހޭގޮތުން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ ސަބަބުން އެ ދަރިކަލުންގެ އަބުރު ގެއްލިފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން މަންދީ އާއި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ދައުވާކުރީ މިދިޔަ މާޗް މަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއީ އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކުގައި, ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން ދޮގު ވާހަކަ ދެއްކުމުންނެވެ.

ފަސްޓްލޭޑީ ދައުވާ ކުރެއްވީ ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލިފައިވާތީ އެކަމަށް އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ.

https://mendhuru.tv/dv/6385

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަންދީގެ އެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލިފައިވާކަން ސާބިތުވާކަމަށް ޙުކުމް ކޮށްފައެވެ. ސިވިލް ކޯޓުގެ ހުމުމްގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވާއިރު، ނަމަވެސް މައާފަށް އެދުމަށް މަންދީގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުންއެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒާއި އެ ޕާޓީ ޒިންމާކުރުވަން އެދުނަސް, އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | 2 ދުވަސް ކުރިންއިމްރާންގެ ''ޓަކާ ޓަކާ''ގައި ޖެހި އެމްޑީޕީ މިތިބީ ހަތަރު އަނގޮޅިއެއްގައި: ނަޝީދުޚަބަރު | 4 ދުވަސް ކުރިންއީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | މަހެއް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | މަހެއް ކުރިން