logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޓޮޕްސީއަށް އަބްދުއްރަޙްމާނުގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
21 ޖުލައި 2025 - 12:44
އޮޓޮޕްސީއަށް އަބްދުއްރަޙްމާނުގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވައިފި

ހުސްވި ހަފުތާގައި އއ. މާޅޮހުގެ ގެއެއްގެ ތެރޭގައި މަރާލި އަބްދުއްރަޙްމާނު އާދަމްގެ ހަށިގަނޑު، ޕޯސްޓް މޯޓަމް ހެދުމަށް މިއަދު އިންޑިޔާއަށް ގެންގޮސްފިއެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަޙްމާނު މަރުވެފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވައި، މީހަކު އޭނާގެ ބޮލަށް ދިން އަނިޔާތަކެއްގެ ސަބަބުންނެވެ. އަބްދުއްރަޙްމާނު މަރުވެފައިވަނީ އެ އަނިޔާތަަކަށްފަރުވާދިނުމަށް އެ ރަށު ސިއްޚީ މަރުކަޒަށް ގެންދިޔަ ފަހުންނެވެ. އެއީ މި މަހުގެ 12 ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަރާ ގުޅިގެން އިތުރު ތަޙުލީލުތަކަށް ފުލުހުން އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ އޭގެ އަނެއް ދުވަހުއެވެ. ޕޯސްޓް މޯޓަމް ހެދުމަށް އެ ހަށިގަނޑު އިންޑިޔާގެ ޓްރެވެންޑްރަމްއަށް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އަބްދުއްރަހްމާންގެ މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްސަ ޓީމަކުން އެރަށުގައި ހަރަކާތްތެރިވަމުން އަންނައިރު،  އެ ޓީމުން ވަނީ އެ ރަށަށް އަރައި ފައިބާ މީހުން މޮނިޓާކޮށް، ރަށުގެ ރައްޔިތުންނާ ސުވާލު ކުރުމުގެ އިތުރުން ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ.

މިހާތަނަށް އެ މައްސަލައިގައި ފުލުހުން ހާމަކުރީ، އޭނާގެ އަންހެނުންގެ ފޯނު ހިފެހެއްޓި ވާހަކަ އެކަންޏެވެ.

އެ މައްސަލައިގައި މިހާތަނަށް ވެސް ޝައްކުކުރެވޭ ޤާތިލެއް ހުރިކަމުގެ މަޢުލޫމާތު ފުލުހުން ދީފައިނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީރިއަލް ޕެކެޓެއްގައި ފޮރުވައިގެން ބޭރުފައިސާ ބޭރުކުރަން އުޅުނު ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުޚަބަރު | 7 ގަޑިއިރު ކުރިންޝަހީދު އާދަމް ހަލީމްގެ ޤައުމީ ޚިދުމަތުގެ ޒިކުރާ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ: ސީޕީ ޚަބަރު | 7 ގަޑިއިރު ކުރިން18 ގައުމެއްގެ ފައިސާއާއެކު ފުރަން ގޮސް ތިއްބައި ބަންގްލަދޭޝްގެ 6 މީހަކު އަތުލައިގަނެފިޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން