logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް، ލަންދޫއަށް ވަޑައިގަންނަވައިފި

ޝަހްޒާ މުހައްމަދު
22 ޖުލައި 2025 - 05:10
ރައީސް ލަންދުއަށް ވަޑާއިގެންނެވުން
ރައީސް ލަންދުއަށް ވަޑާއިގެންނެވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ލަންދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލަންދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވަފައެވެ. ލަންދޫއަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ފަސްވަނަ ރަށެވެ.

މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ލަންދޫގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގެ ތެެރެއިން ލަންދޫގައި އަަލަށް އިމާރާތްކުރާ ފިޓްނަސް އެންޑު ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށްވަނީ ހަމަޖެހިފައެވެ.

މިމަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 7 ގަޑިއިރު ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | ދުވަހެއް ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 2 ދުވަސް ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 3 ދުވަސް ކުރިން