logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދިއްދޫ ކަޕް: އަލީ ސާއިމްގެ ހެޓްރިކާއެކު ޓީނޭޖު ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
22 ޖުލައި 2025 - 05:36
ރޭގެ މެޗުގެ ތެރެއިން
ރޭގެ މެޗުގެ ތެރެއިން

ދިއްދޫ ކަޕްގެ 8 ވަނަ މުބާރާތުގައި ރޭގައި ގްރޫޕް ބީ ގައި ކުޅުނު މެޗު ޓީނޭޖް ބޯއީސް ކާމިޔާބުކޮށްފިއެވެ. މި މެޗު ޓީނޭޖް ބޯއީސް ވާދަކޮށްފައިވަނީ ދިއްދޫ ސްޕޯރސް އެކަޑެމީ އާއި ދެކޮޅަށެވެ.

ރޭގެ މެޗުން ދިއްދޫ ސްޕޯރސް އެކަޑެމީ ބަލިވުމާއެކު މުބާރާތުގައި ކުރިޔަށް ދިޔުމުގެ އަމިއްލަ ބާރުވަނީ ގެއްލިފައެވެ. ރޭގެ މެޗުން މޮޅުވުމާއެކު ޓީނޭޖު ވަނީ މި ގުރޫޕުން 2 މެޗުން 6 ޕޮއިންޓް ހޯދާފައެވެ. ފުރަތަމަ މެޗުގައި ޓީނޭޖް ޑީއެކްސް އާއި ވާދަކޮށް 2-1 އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގައި ދިއްދޫ ސްޕޯރސް އެކަޑެމީ އާއި ދެކޮޅަށް ކުޅުނު މެޗު ޓީނޭޖް ބޯއީސް އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 9-0 އިންނެވެ. މިމެޗުގައި ޓީނޭޖުގެ އަލީ ސާމް ހެޓްރިކް ހަދާފައިވާއިރު، ހައިޝަމް ރަޝީދާއި ހުސައިން ޒިމްޔާން އާއި ހުސައިން ނިހާން އާއި ހިސާމް ހަސަންގެ އިތުރުން މުހައްމަދު އަރުޝަދު އަދި ލަންކާގެ ކުޅުންތެރިޔާ ޗަމަދް ދިލްޝަން ވެސް ވަނީ ގޯލުޖަހާފައެވެ.

މެޗުގެ މޮޅުކުޅުންތެރިޔަކީ ހެޓްރިކް ހެދި އަލީ ޝާއިމް އެވެ.

520286193_1050676313904319_4873098233360529546_n.jpg

ހެޓްރިކް ހީރޯ އަލީ ޝާއިމް

މި މުބާރާތުގައި ގްރޫޕް އޭ ގެ އެއްވަނައިގައިވާ ރިއަލް ޓީ އާއި ތާވަލުގެ ފުލުގައިވާ އެޗް.އެން ސްޕޯޓްސް ވާދަކުރާ މެޗް މިރޭ އޮންނާނެއެވެ.

މި މެޗު މެންދުރު ޓީވީން ވަގުތުން ދުރައްދައްކާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ 50 ދުވަހުގެ ތެރޭ ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލައިފިޚަބަރު | 2 ގަޑިއިރު ކުރިންދިއްދޫ ބިން ހިއްކުން: މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | 16 ދުވަސް ކުރިންހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންދިއްދޫ އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިން