logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލީގު ފެށެން 8 ދުވަހަށް ވެފައިވާއިރު ދެވަނަ ބަކަރި ކަތިލައިފި، އެކަމަކު 7 ކުޅުންތެރިން ރެޖިސްޓްރީ ކުރެވޭނެ އަލިމަގެއް ނުފެނޭ

އަބްދުﷲ ޣާނިމް
8 އޯގަސްޓު 2025 - 06:05
ލީގު ފެށެން 8 ދުވަހަށް ވެފައިވާއިރު ދެވަނަ ބަކަރި ކަތިލައިފި، އެކަމަކު 7 ކުޅުންތެރިން ރެޖިސްޓްރީ ކުރެވޭނެ އަލިމަގެއް ނުފެނޭ

ލަލީގާ ފެށުމަށް އެންމެ ހަފްތާއެއްހާ ދުވަސް ބާކީ އޮއްވާ، ބާސެލޯނާގެ 7 ސީނިއަރ ކުޅުންތެރިން އަދިވެސް ލީގަށް ރަޖިސްޓްރީ ނުކުރެވި އިތުރު ހުރަސްތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިމައްސަލަ ޙައްލުކުރުމަށް ބާސެލޯނާއި މިހާރު ދަނީ އަވަސް އަދި ކުއްލި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ޖުމްލަ 7 ކުޅުންތެރިއެއް އަދިވެސް ރެޖިސްޓްރީ ނުވޭ
Ad by Hajj Corporation

Ad by Hajj Corporation

ރަޖިސްޓްރީ ނުކުރެވި ތިބި ކުޅުންތެރިންގެ ތެރޭގައި އަލަށް ސޮއިކުރި މާކަސް ރަޝްފޯޑް އަދި ޖޯން ގާސިއާގެ އިތުރުން އަލަށް އެއްބަސްވުން އައުކުރި ވޯޖެކް ޒެޒްނީ ހިމެނެއެވެ. މީގެ އިތުރުން ޖެރާޑް މާޓިން، ހެކްޓަރ ފޯޓް އަދި މާކް ބަރނަލްވެސް ވަނީ ރަޖިސްޓްރީ ނުކުރެވިއެވެ. އަދި އަލަށް ސޮއިކުރި ރޫނީ ބާޑްޖީވެސް ވަނީ ރަޖިސްޓްރީ ނުކުރެވިއެވެ. ނަމަވެސް އޭނާއަކީ ބާސާ ބީ ޓީމުގެ ރިޒާވް ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެ ކުޅުންތެރިއެކެވެ.

އޮރިއޯލް ރޮމިއުވެސް ވަނީ ރަޖިސްޓްރީ ނުކުރެވިއެވެ. ނަމަވެސް ބާސާއިން ވަނީ އޭނާ ކްލަބުން ދޫކޮށްލާނެ ކަމަށް ސާފުކޮށް ބުނެފައެވެ. މި ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ހުރި އެންމެ ބޮޑު ހުރަހަކީ ފައިނޭންޝަލް ފެއަރ ޕްލޭގެ މައްސަލަތަކާއި، ސްޕޮންސަރޝިޕް އާމްދަނީގެ މައްސަލަތަކެވެ.

މިިދިޔަ ސީޒަނުގައިވެސް އޮލްމޯ އާއި ޕައު ވިކްޓޯ ރެޖިސްޓްރީ ނުކުރެވުގެން ބާސެލޯނާ އާއި ލަލީގާ އާއި ދޭތެރޭގައި ގިނަ މައްސަލަތަކެއް ނިކުމެފައިވާއިރު، ބާސެލޯނާއަށް އޭރު ރެޖިސްޓްރީކުރުމަށް ހުއްދަލިބުނީ ސްޕޯރޓްސް ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކަށް ފަހުގައެވެ. އޭރު ކައުންސިލުން ބުނެފައިވަނީ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއިން އެ ޓީމުގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދައިގެން ނޫން ގޮތަކަށް އިތުރު ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭނެކަމަށެވެ. މިމުއްދަތުގެ ތެރޭގައި ބާސެލޯނާގެ މާލީޙާލަތަށް މާބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަން ޓީމުގެ ހިސާބުތަކުން ނުފެނުމުގެ ނަތީޖާއަކަށްވީ އަނެއްކާވެސް މިމައްސަލަ ތަކުރާރުވުމެވެ.

މައްސަލައިގެ ސަބަބުން ޓީމުގެ ގިނަ ކަންތައްތަކެއް ޤުރުބާން ކުރަން ޖެހިފައި

މިމައްސަލައަށް އަވަސް ޙައްލެއް ހޯދަން ބާސާއަށް މަޖުބޫރުވެފައިވާއިރު ބާސެލޯނާގެ ޓްރާންސްފާ ސްޓެރެޓެޖީއަށްވެސް މިކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. މީގެ އެންމެ ބޮޑު އެއް މިސާލަކީ ނިކޯ ވިލިއަމްސް ސޮއިކުރުމުގައި ދިމާވި ނާކާމިޔާބީއެވެ. މަސްތަކެއް ވަންދެން ކުޅުންތެރިޔާއަށް ޝައުގުވެރިކަން ފާޅުކޮށް، ކުޅުންތެރިޔާވެސް މި ބަދަލަށް ހުޅުވިފައި ހުރި ނަމަވެސް، ފަހުވަގުތު ރެޖިސްޓްރޭޝަން މައްސަލަތަކާއިހުރެ ނިކޯ ވަނީ ބާސެލޯނާއަށް ބަދަލުވުމަށް ދެކޮޅުހަދާފައެވެ.

މިކަމާއި ގުޅިގެން ބާސެލޯނާގެ ޓީމުތެރޭގައިވެސް މިހާރު އަންނަނީ ކުނި ޖެހެމުންނެވެ. މިމައްސަލަ ޙައްލުކުރުމުގެ ތެރޭގައި ބާސާއިން މިހާރު ވަނީ 'ފުރަތަމަ ބަކަރި' ކަތިލާފައެވެ. އެގޮތުން ސްޓެގެން އާއި ޖެހުނު މައްސަލަތަކުގެ ތެރޭގައި އޭނާ ޓީމުން ބޭރުކުރުމާއެކު މުސާރައިގެ މައްސަލަތަކާހުރެ ދިމާވެ މެޑިކަލް ރިޕޯޓްތަކުގެ މައްސަލަ އިތުރަށް ގޯސްވެ، މިހާރު ސްޓެގެން އަތުން ކެޕްޓަން ބޭންޑްވެސް ވަނީ އަތުލާފައެވެ.

މީގެ އިތުރުން އިއްޔެ ބާސާއިން ވަނީ ޓީމުގެ އެންމެ މުހިންމު ޑިފެންޑަރ އިނީގޯ މާޓީނޭޒް ހިލޭ ސަޢޫދީގެ އަލް ނަޞްރަށް ދޫކޮށްލުމަށް އެއްބަސްވެފައެވެ. މިއީ ބާސެލޯނާގެ މާލީ ޙާލަތާއި ހުރެ މި ޓްރާންސްފާގައި ޤުރުބާން ކުރަންޖެހުނު ދެވަނަ ކުޅުންތެރިޔާއެވެ. ތަޖުރިބާކާރު ޑިފެންޑަރު އިނީގޯ މާޓީނެޒް ސައުދީ ކުލަބު އަލް ނަސްރަށް ވިއްކާލުމަކީ ހައިރާންކުރުވަނިވި ކަމެކެވެ. ނަމަވެސް މި ޓްރާންސްފާ އާއި ގުޅިގެންވެސް މުސާރައިން ހުސްވަނީ އިނީގޯގެ މުސާރައިގެ 60% އަށްވާ 8.4 މިލިޔަން ޔޫރޯއެވެ. އެހެންކަމުން މިފައިސާ ބޭނުންކޮށްގެންވެސް ރެޖިސްޓްރޭޝަން މައްސަލަތަކަށް ޙައްލެއް ލިބޭނެގޮތެއް އަދި ނުވެއެވެ. ލަލީގާ މިމަހުގެ 15 ގައި ފަށާއިރު ޓީމުގައި މިވަގުތުހުރީ އެންމެ ކީޕަރެކެވެ. މާޓީނޭޒްގެ ވަކިވެދިޔުމާއި މުސާރައިގެ ލިމިޓާއި ސީދާ ގުޅުމެއް ނެތަސް، ބާސެލޯނާގެ މާލީ ޙާލަތު ރަނގަޅުނަމަ، ކުލަބުގެ އެންމެ މުހިންމު ޑިފެންޑަރު އެހެން ކުލަބަކަށް ހިލޭ ދިޔަނުދީ ބާސެލޯނާގައި ހިފެހެއްޓޭނެއެވެ.

ނަމަވެސް ބާސެލޯނާއިން ބުނާ ގޮތުގައި މި ހުރިހާ މައްސަލައެއްވެސް ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ބާސެލޯނާގެ އައު ސްޓޭޑިއަމް ހުޅުވުމުން ދުރު މުސްތަޤުބަލުގައި މިމައްސަލަ ޙައްލުވާނެކަމަށް ޤަބޫލުކުރެވެއެވެ.

މިމައްސަލަ ވަގުތުން ވަގުތަށް ޙައްލުކުރުމުގައި ބާސެލޯނާއަށް ބޮޑެތި ދަތިތަކެއްް ކުރިމަތިވެފައިވާއިރު، އެންމެންވެސް މިހާރު އަނެއްކާވެސް އިންތިޒާރުކުރަނީ މިމައްސަލައިގައި ދެން ކަތިލާނެ ބަކަށްޓަކަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާގެ ލެޖެންޑުންކަމަށްވާ ބުސްކެޓް އަދި ޖޯޑީ އަލްބާ ފުޓްބޯޅައިން ރިޓަޔާކޮށްފިކުޅިވަރު | 12 ގަޑިއިރު ކުރިންމިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިކުޅިވަރު | ދުވަހެއް ކުރިންފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 5 ދުވަސް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 8 ދުވަސް ކުރިން