logo
MPL

MPL

ކުޅިވަރު

ޑޯޕިންގެ ޤަވާއިދާ ޚިޔާފުވެގެން ޔަމާލް އާއި ލެވަންޑޮވްސްކީ ޖޫރިމަނާކޮށް ފްލިކް އެއް މެޗަށް ސަސްޕެންޑްކޮށްފި

އަބްދުﷲ ޣާނިމް
8 އޯގަސްޓު 2025 - 16:40
ޑޯޕިންގެ ޤަވާއިދާ ޚިޔާފުވެގެން ޔަމާލް އާއި ލެވަންޑޮވްސްކީ ޖޫރިމަނާކޮށް ފްލިކް އެއް މެޗަށް ސަސްޕެންޑްކޮށްފި

ބާސެލޯނާގެ ކުޅުންތެރިންކަމަށްވާ ލަމީން ޔަމާލް އަދި ރޮބަޓް ލެވަންޑޮވްސްކީ ޔުއެފާއިން ޖޫރިމަނާކޮށްފިއެވެ. އެގޮތުން މިދެކުޅުންތެރިންވެވް ވަނީ 5،000 ޔޫރޯގެ ޖޫރިމަނާއެއް ކޮށްފައެވެ. މި ޖޫރިމަނާ ކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހު މެޗުގައި އެންޓި-ޑޯޕިންގ ގަވާއިދާ ޚިލާފުވުމުގެ ސަބަބުންނެވެ.

ޖޫރިމަނާ ކުރެވުނު މެޗަކީ ބާސެލޯނާ އިންޓަރ މިލާނާ ދެކޮޅަށް އިޓަލީގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގެވެ. އެ މެޗު ނިމުނީ އިތުރު ވަގުތުގައި 4-3 އިން ބާސެލޯނާ ބަލިވެ، މުބާރާތުން ވަކިވެގެން ދިއުމާ އެކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެކުޅުންތެރިންވެސް ޖޫރިމަނާ ކޮށްފައިވަނީ ޑޯޕިންގ ކޮންޓްރޯލް އޮފިސަރުގެ އިރުޝާދުތަކާ ޚިލާފުވެ އަދި ވަގުތުން ޑޯޕިންގ ކޮންޓްރޯލް ސްޓޭޝަނަށް ނުދިއުމުގެ ސަބަބުންނެވެ. މިމެޗުގައި ޔަމާލް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އަދި މިމެޗުގައި ޑޯޕިން ޓެސްޓް ހެދުމަށް ޔަމާލް އިންކާރުކުރުމާއެކު ބައެއް ފަރާތްތަކުން އަންނަނީ ޔަމާލް އަށް ޑޯޕިންގެ ޤަވާއިދުތަކާއި ޚިލާފުވެފައިވާކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

މީގެ އިތުރުން، ބާސެލޯނާގެ ކޯޗު ހާންސި ފްލިކް އަށް 20،000 ޔޫރޯގެ ޖޫރިމަނާއަކާއި އެކު ޔުއެފާ ކްލަބް މުބާރާތްތަކުގެ އެއް މެޗުގެ ސަސްޕެންޝަނެއް ދީފައިވެއެވެ. މި އަދަބު ދީފައިވަނީ އާންމު އުސޫލުތަކާ ޚިލާފުވުމާއި އަދި އަސާސީ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވުމުގެ ސަބަބުންނެވެ. މ

ފްލިކްގެ އެސިސްޓެންޓް މާކަސް ސޯގް އަށްވެސް ވަނީ އެއް ފަދަ މާލީ އަދި ކުޅިވަރުގެ އަދަބެއް ދީފައެވެ. މި ހުރިހާ އަދަބެއްވެސް ވަގުތުން ތަންފީޒު ކުރެވޭނެއެވެ. އަދި ބާސެލޯނާގެ ދެން އޮންނަ ޗެންޕިއަންސް ލީގު މެޗުގައި ފްލިކް އާއި ސޯގް އަށް ބެންޗުގައި ތިބުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

މީގެ އިތުރުން، ބާސެލޯނާގެ ސަޕޯޓަރުން ތަކެތި އުކުމުގެ ސަބަބުން 5،250 ޔޫރޯ އިން އަދި ފަޓާސް ޖެހުމުގެ ސަބަބުން 2،500 ޔޫރޯ އިން ކްލަބް ޖޫރިމަނާ ކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފިކުޅިވަރު | 10 ގަޑިއިރު ކުރިންބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | 3 ދުވަސް ކުރިންއުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފިކުޅިވަރު | 7 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 10 ދުވަސް ކުރިން