logo
7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ސަލާޙްގެ މެސެޖާއެކު އައި ޕްރެޝަރާހުރެ ޔުއޭފާވެސް ދެއަހަރުފަހުން ހޭލައިފި

އަބްދުﷲ ޣާނިމް
14 އޯގަސްޓު 2025 - 04:00
ޔުއޭފާގެ މެސެޖު
ޔުއޭފާގެ މެސެޖު

ޕީއެސްޖީއާއި ޓޮޓެންހަމް ހޮޓްސްޕަރ އާ ދެމެދު ކުޅުނު ޔުއެފާ ސުޕަރ ކަޕް ފައިނަލލް މެޗުގެ ކުރިން، ޔުއޭފާއިން މެސެޖެއް ބޮޑު ބެނާއަކުން ހިއްސާކޮށްފިއެވެ. އެގޮތުން މިމެސެޖުގައިވަނީ ޣައްޒާއާ ގުޅޭގޮތުން "ކުޑަކުދިން މެރުން ހުއްޓާލާ، އާންމުން މެރުން ހުއްޓާލާ" މި މެސެޖް ލިޔެފައިވާ ބެނާއެއް ޔުއެފާއިން ދައްކައިފިއެވެ.

އަދި މިކަން ހިއްސާކުރުމަށް އެކެސްގައި (ކުރީގެ ޓްވިޓަރ) ގައި ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މެސެޖް ވަރަށް ސާފު، ބެނާއެއް، ގޮވާލުމެއް" މިފަދައިންނެވެ. މެޗު ފެށުމުގެ ކުރިން، ހަނގުރާމައިގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގެ ކުޑަކުދިން، އޭގެ ތެރޭގައި ޣައްޒާގެ ދެ ކުއްޖަކު ހިމެނޭ ގޮތަށް، މި ބެނަރު ހިފައިގެން ނުކުތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތަކީ ޔުއެފާ ފައުންޑޭޝަން ފޮރ ޗިލްޑްރަންއިން އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ އަސަރު ކުރާ ކުދިންނަށް އެހީތެރިވުމަށް އިޢުލާން ކުރި ޕްރޮގްރާމްގެ ބައެކެވެ. އަދި މިއީ "ފަލަސްތީނުގެ ޕެލޭ" ގެ ނަމުން މަޝްހޫރުވެފައިވާ ސުލައިމާން އަލް-އުބައިދުގެ ހަނދާނުގައި ޔުއެފާއިން ނެރުނު ބަޔާނުގައި، އޭނާ ޝަހީދުވި ގޮތާއި އިސްރާއީލްގެ ޢަމަލުތަކާ މެދު އެއްވެސް ވާހަކައެއް ނުހިމެނުމާ ގުޅިގެން ލިވަރޕޫލްގެ ތަރި މުހައްމަދު ސަލާހް މިދިޔަ ހަފްތާގައި މީސްމީޑިޔާގައި ޔުއޭފާ އަށް އަމާޒުކޮށް ސުވާލުދޫކޮށްލުމުން އުފެދުނު ފާޑުކިޔުން ތަކާއި ޕްރެޝަރަށްފަހު އައި ބަދަލެކެވެ.

ފާއިތުވި ހަފްތާގައި ޔުއެފާއިން އެކްސްގައި ނެރުނު ހަނދާނީ ބަޔާނުގައި ބުނެފައިވަނީ އަލް-އުބައިދު (ފަލަސްޠީން ޕެލޭ) އަކީ "އެންމެ އަނދިރި ވަގުތުތަކުގައިވެސް އެތައް ކުދިންނަކަށް އުއްމީދު ދިން ހުނަރުވެރިއެއް" ކަމަށެވެ. މި ބަޔާނާ ގުޅިގެން ސަލާހް ކުރި ޓްވީޓެއްގައި "އޭނާ މަރުވީ ކިހިނެއްތޯ، ކޮންތާކުތޯ، އަދި ކީއްވެތޯ އަހަމެންނަށް ކިޔައިދެވިދާނެތޯ؟" މިހެން ލިޔެފައިވެއެވެ.

ޕްރިމިއަރ ލީގުގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މިސްރުގެ ތަރި ސަލާހް، ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށާއި އިންސާނީ އެހީ ވެއްދުމަށް ގޮވާލާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑްގެ ނުރުހުމާއެކުވެސް، ބާސާގެ ލީގު މެޗު މެސީގެ މަޔާމީ ސިޓީގައި ކުޅޭގޮތަށް ނިންމައިފިކުޅިވަރު | 9 ދުވަސް ކުރިންޔުއޭފާއިން އިސްރާއީލް ސަސްޕެންޑްކުރަނީ، ފީފާގެ ސަސްޕެންޝަން ޓްރަމްޕް ހުއްޓުވާފާނެކުޅިވަރު | 19 ދުވަސް ކުރިންޓޮޓްނަމް ބަލިކޮށް ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޔުއޭފާ ސުޕަކަޕް ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިންސަލާޙްގެ މެސެޖާއެކު އައި ޕްރެޝަރާހުރެ ޔުއޭފާވެސް ދެއަހަރުފަހުން ހޭލައިފިކުޅިވަރު | 2 މަސް ކުރިން