logo
Bank of Maldives

Bank of Maldives

ޚަބަރު

5،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުދޭ މައުމޫން ފައުޑޭޝަންގެ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ

ޝަހްޒާ މުހައްމަދު
18 އޯގަސްޓު 2025 - 10:51
 5،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުދޭ މައުމޫން ފައުޑޭޝަންގެ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ

ގައުމީ ދުވަހާއި ގުޅިގެން މަޢުމޫން ފައުންޑޭޝަނުން އިސްނަގައިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ކުރީގެ ރައީސް، އަލްއުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމް ހިންގަވާ މައުމޫން ފައުންޑޭޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ މިއަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މުބާރާތަށް ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަމާ ގުޅުންހުރި މަޢުޟޫތަކަށް ޅެން ހެދޭނެކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، 2 ވަނަ އަށްދާ ފަރާތަކަށް 3،500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ. އަދި 3 ވަނައަށްދާ ފަރާތަކަށް2،000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވެއެވެ. މީގެ އިތުރުން މުބާރާތަށް ހުށައެޅޭ އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުމެއްދެވޭނެކަމަށްވެސް މައުމޫން ފައުންޑޭޝަނުން ވިދާޅުވިއެވެ.

މައުމޫން ފައުންޑޭޝަނުން ވިދާޅުވީ މުބާރާތުގައި ބައިވެރިކުރާ ޅެންތައް މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އެފައުންޑޭޝަނަށް ( [email protected] ) އީމެއިލްއަށް ފޮނުވޭނެ ކަމަށެވެ. އަދި މުބާރާތުގެ ގަވާއިދު މައުމޫން ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުތަކުގައި ވަނީ ޕޯސްޓްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މައުމޫނަށާއި ޝަހީދުންގެ ޢާއިލާތަކަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި ޚަބަރު | ދުވަހެއް ކުރިން 5،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުދޭ މައުމޫން ފައުޑޭޝަންގެ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ ޚަބަރު | 3 މަސް ކުރިންޔާމީނަށް ގާނޫނީ ފިޅަވަޅު އަޅަން ގާސީމް ފައްޓަވަނީޚަބަރު | 3 މަސް ކުރިންރިޝްވަތު ދިން ކަމަށް ބުނެ ޔާމީން ހެއްދެވީ ދޮގު، ޤާނޫނީ ފިޔަވަޅު އަޅަން މައުމޫން ވިސްނަވަނީޚަބަރު | 3 މަސް ކުރިން