logo
Bank of Maldives

Bank of Maldives

ޚަބަރު

ވައިކަރަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް

އަޙްމަދު ޒަލީފް
26 އޯގަސްޓު 2025 - 11:29
ވައިކަރަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް

ހދ. ވައިކަރަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ

ވައިކަރަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 2،700 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި 366 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްލުމާއި 74 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. މި މަސައްކަތަށް 34 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައިކަރަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ވައިކަރަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ބަނދަރަށް އިތުރު ބަދަލު ގެނެސް، މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން، ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ މައްސަލައެއް ހައްލުކޮށްދެއްވާނެ ކަމަށެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިންބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށަނީޚަބަރު | 4 ދުވަސް ކުރިންއެމްޓީސީސީގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް، ސަޢާދާ އިބްރާހިމް އައްޔަންކޮށްފިޚަބަރު | 4 ދުވަސް ކުރިންމާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށްވިޔަފާރި | 11 ދުވަސް ކުރިން