logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިނީ އަށް ބެލަންޑީއޯ ގެއްލުވާލި މައްސަލަ ޙައްލުކުރުމަށް ފްރާންސް ފުޓްބޯޅައިން ކުރި މަސައްކަތް ނާކާމިޔާބު

އަބްދުﷲ ޣާނިމް
9 ސެޕްޓެމްބަރު 2025 - 15:30
ވިނީ އަށް ބެލަންޑީއޯ ގެއްލުވާލި މައްސަލަ ޙައްލުކުރުމަށް ފްރާންސް ފުޓްބޯޅައިން ކުރި މަސައްކަތް ނާކާމިޔާބު

ދުނިޔޭގެ އެންމެ ބޮޑު އަދި ކާމިޔާބު ކުލަބާއި ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑް ބެލޯން ޑީ އޯރ އިންތިޒާމުކުރާ ފަރާތްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެއްޖެއެވެ. މި ހަނގުރާމައިގެ ފެށުމަކީ 2023 ވަނަ އަހަރު ވިނިސިއުސް ޖޫނިއަރ އަށް އެވޯޑް ލިބޭނެ ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް ފަހުވަގުތު ވިނީޝިއަސް އަށް އެ އެވޯޑް ނުލިބޭނެކަން ޔަޤީންވިހިސާބުން އުފެދުނު ހަމަނުޖެހުމެކެވެ.

ޗެމްޕިއަންސް ލީގާއެކު ޖުމްލަ 5 ތަށި ކާމިޔާބުކުރުމަށްފަހުވެސް ރެއަލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކަށް ޚާއްސަކޮށް ވިނީއަށް އެ އެވޯޑް ނުލިބުމުން ކުލަބުގެ ބޯޑުން ދެކުނީ އެއީ ކުލަބަށް ކުރެވުނު ބޭއިންސާފެއްގެ ގޮތުގައެވެ. ކުލަބުގެ ނަޒަރުގައި ވިނިސިއުސް އަކީ އެވޯޑަށް އެންމެ ޙައްޤު ކުޅުންތެރިޔާ ކަމަށާއި، އަދި އެފަހަރު ބެލަންޑިއޯ ކާމިޔާބުކުރި ކަރްވަހާލްގެ ޔޫރޯއާއެކު ޖުމްލަ 6 ތަށްޓެއް ހޯދާފައިވާއިރު، ކަރަވަހާލްގެ ފެންވަރު މެންޗެސްޓަރ ސިޓީގެ ރޮޑްރީއަށް ވުރެ މަތިވެފައިވާ ކަމަށް ކުލަބުން ދެކެއެވެ. މިކަމާ ގުޅިގެން ކުލަބުން ވަނީ ފަހުގަޑީގައި ބެލަންޑިއޯ ސެރެމަނީ ބޮއިކޮޓްކޮށްފައެވެ. އެފަހަރު ރެއާލް އަށް އެންމެ މޮޅު ކުލަބާއެކު ގިނަ އެވޯޑްތަކެއް ލިބުނު ނަމަވެސް މި އެއްވެސް ކުޅުންތެރިޔަކު މި އެވޯޑްއަށް ހާޒިރުވެފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާގުޅިގެން ފްރާންސް ފުޓްބޯލް އިން ވަނީ މި މައްސަލަ ހައްލުކުރުމަށް މެޑްރިޑަށް ޒިޔާރަތްކޮށް ބައްދަލުވުންތަކެއް ބޭއްވިއެވެ. ނަމަވެސް މި މަޝްވަރާތައް ކާމިޔާބެއް ނުވިއެވެ.

މިއަހަރުގެ ބެލޯން ޑީ އޯރ އަށް ރެއަލް މެޑްރިޑްގެ ތިން ކުޅުންތެރިން ނޮމިނޭޓްވެފައިވެއެވެ. އެއީ ކިލިއަން އެމްބާޕޭ، ވިނިސިއުސް ޖޫނިއަރ އަދި ޖޫޑް ބެލިންގްހަމްއެވެ. އަންހެން ކުޅުންތެރިންގެ ތެރެއިން ކެރޮލައިން ވެއިރްވެސް ވަނީ ނޮމިނޭޓްވެފައެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިންނަށް ދޭ ކޯޕާ ޓްރޮފީއަށް ހުއިޖެން އަދި ލިންޑާ ކައިސެޑޯ ނޮމިނޭޓްވެފައިވާއިރު، ގޯލްކީޕަރުންނަށް ދޭ ޔަޝިން ޓްރޮފީއަށް ތިބޯ ކޯޓުއާ ވަނީ ނޮމިނޭޓްވެފައެވެ. ނަމަވެސް ރެއާލް މެޑްރިޑްގެ އެއްވެސް މީޑިއާއަކުން މިކަން ފާހަގަކޮށްފައެއް ނުވެއެވެ.

2025 ވަނަ އަހަރުގެ ބެލޯން ޑީ އޯރ ރަސްމިއްޔާތު އޮންނާނީ ސެޕްޓެމްބަރ 22 ވަނަ ދުވަހު ޕެރިސްގެ ތެއާޓްރް ޑު ޝާޓްލެޓްގައެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ރެއަލް މެޑްރިޑްގެ އެއްވެސް ފަރާތަކުން މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަކަށް ނުބެލެވެއެވެ.

Mi aharuge Ballon D'Or ves Real Madrid in boycott kuranee?! | Mendhuru TvTikTokYouTubeInstagramXFacebook

Mi aharuge Ballon D'Or ves Real Madrid in boycott kuranee?! | Mendhuru TvTikTokYouTubeInstagramXFacebook

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީކޮށްގެން ވިނީ ކޯޓަށް ގެންދަނީކުޅިވަރު | 13 ގަޑިއިރު ކުރިންވިނީ އަށް ބެލަންޑީއޯ ގެއްލުވާލި މައްސަލަ ޙައްލުކުރުމަށް ފްރާންސް ފުޓްބޯޅައިން ކުރި މަސައްކަތް ނާކާމިޔާބުކުޅިވަރު | މަހެއް ކުރިންއެންޗެލޯޓީގެ އުފަންދުވަހުގައި ވިނީޝިއުސްގެ ގޯލާއެކު ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 4 މަސް ކުރިންވިނީސިއުސް ރެއާލް އާއެކު އެއްބަސްވުން އާކުރަނީ ކުޅިވަރު | 6 މަސް ކުރިން