logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނަން: ހާރިޖިއްޔާ

އާމިނަތު ޝަފާ
9 ސެޕްޓެމްބަރު 2025 - 16:43
ރާއްޖެއިން  ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނަން: ހާރިޖިއްޔާ

ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.

އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާ އަށް ދިން ހަމަލާތައް ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނެރުނު ބަޔާނުގައި ހާރިޖިއްޔާއިން ބުނީ އިސްރާއީލުން ޤަޠަރަށް ދީފައިވާ މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނާއި މުޅިންހިލާފު އަދި ޤަޠަރުގެ ސަލާމަތާއި، ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑިއަމަލެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އިސްރާއީލުގެ މިފަދަ ޣައިރު ޤާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ އަދި އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި ދެކޭކަމަށް ބަޔާނުގައިވެއެވެ.

ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރުންވަނީ ގޮވާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | މަހެއް ކުރިންއަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށްޚަބަރު | 2 މަސް ކުރިން'ނިއުޔޯކް ޑެކްލަރޭޝަނަކީ' ފަލަސްތީން ދައުލަތެއް ގާއިމުކުރުމުގެ ސާފު ތަސައްވުރެއް، ރާއްޖޭގެ ފުރިހަމަތާއީދު : ފޮރިން މިނިސްޓްރީ ޚަބަރު | 2 މަސް ކުރިންރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނަން: ހާރިޖިއްޔާޚަބަރު | 2 މަސް ކުރިން