logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ބަޔާން ފަސޭހަކަމާއެކު ވޯލްޑް ޗެންޕިއަން ސައިޒަށް ކަނޑާލައިފި

އަބްދުﷲ ޣާނިމް
18 ސެޕްޓެމްބަރު 2025 - 05:44
ބަޔާން ފަސޭހަކަމާއެކު ވޯލްޑް ޗެންޕިއަން ސައިޒަށް ކަނޑާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭގައި ބަޔާން މިއުނިކުން ވޯލްޑް ޗެންޕިއަން ޗެލްސީ ފަސޭހަކަމާއެކު ބަލިކޮށްފިއެވެ. މި މެޗު ބަޔާން އިން ކާމިޔާބުކުރީ 3-1 އިންނެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ޗެލްސީގެ ޑިފެންސް ލައިނުން ފެނުނު ގޯސްތަކުގެ ފައިދާ ނަގައި ބަޔާން މިއުނިކްގެ ސްޓްރައިކަރު ހެރީ ކޭން ވަނީ ދެ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ލަނޑު ޖެހުނީ 20 ވަނަ މިނިޓުގައި ޗެލްސީގެ ޑިފެންޑަރު ޓްރެވާ ޗަލޮބާގެ އަމިއްލަ ގޯލަކުންނެވެ. އޭގެ ހަތް މިނިޓު ފަހުން ޗެލްސީގެ ކައިސެއިޑޯ ކުރި ފައުލަކާއި ގުޅިގެން ބަޔާން އަށް ލިބުނު ޕެނަލްޓީ ޖަހައި ހެރީ ކޭން ވަނީ ބަޔާން މިއުނިކްގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ޗެލްސީގެ މިޑްފީލްޑަރު ކޯލް ޕާމާ އަށް މި މެޗަކީ އޭނާގެ 100 ވަނަ މެޗެވެ. މިމެޗުގައި އޭނާ ވަނީ 29 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ޗެލްސީގެ އުއްމީދުތައް އާކޮށްދީފައެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނިޓުގައި ޗެލްސީގެ ޑިފެންޑަރު މާލޯ ގުސްޓޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހެރީ ކޭން ވަނީ ބަޔާން މިއުނިކް އަށް ތިން ޕޮއިންޓް ހޯދައިދީފައެވެ.

މެޗުގެ ފަހު މިނިޓުތަކުގައި ކޯލް ޕާމާ އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީ.އޭ.އާރު ބެލުމަށްފަހު އެ ލަނޑު ވަނީ އޮފްސައިޑްގެ ސަބަބުން ބާތިލުކޮށްފައެވެ. މި މުބާރާތުގައި ޗެލްސީ ދެން ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށެވެ. މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި އެ މެޗަށް ބެންފީކާ ނިކުންނައިރު އެ ޓީމުގެ ކޯޗުގެ ގޮތުގައި ހުންނާނީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 4 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 7 ދުވަސް ކުރިންވެސްޓް ލަންޑަން ޑާބީގައި ފުލަމްއިން ފަހު ވަގުތު ޗެލްސީ ބަލިކޮށްފިކުޅިވަރު | 11 ދުވަސް ކުރިންޗެލްސީގެ އައު ކޯޗަކަށް ލިއަމް ރޮސީނިއާ ހަމަޖައްސައިފިކުޅިވަރު | 12 ދުވަސް ކުރިން