logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން މިރޭ ބާއްވާ އެއްވުމުގައި ބައިވެރިނުވުމަށް ޤާސިމް ގޮވައިލައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޮކްޓޯބަރު 2025 - 02:43
އެމްޑީޕީން މިރޭ ބާއްވާ އެއްވުމުގައި ބައިވެރިނުވުމަށް ޤާސިމް ގޮވައިލައްވައިފި

އިދިކޮޅު އެމްޑީޕީން އިންތިޒާޟްކޮށްގެން ހުކުރު ދުވަހުގެ ރޭ (މިރޭ) މާލޭގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާގައި ބައިވެރިނުވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު، މާމިގިލި ދާއިރާގެ ކުރީގެ މެންބަރު ޤާސިމް އިބްރާހިމް، ޖޭޕީގެ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ގޮވައިލައްވައިފިއެވެ.

މިގޮވައިލެއްވުމާއެކު ޤާސިމްގެ މެސެޖެއް ވަނީ ޖުމްހޫރީ ޕާޓީގެ އެކިއެކި ގްރޫޕްތަަކަށް ޕޯސްޓް ކުރަށްވާފައެވެ. ''މެންދުރު ޓީވީ'' އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މެސެޖުގައި ޤާސިމް ވިދާޅުވީ، އެމްޑީޕީން ރާވައިގެން ބާއްވާ މި މުޒާހަރާއަކީ "ބިނާކުރަނިވި މުޒާހަރާއެއް ނޫން" ކަމަށާއި، "އެއީ ފަނާކުރަނިވި މުޒާހަރާއެއް" ކަމަށެވެ. މި މުޒާހަރާގެ ބޭނުމަކީ "ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައިކަމެއް" ކަމަށް ވެސް ޤާސިމް ސިފަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤާސިމް އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރަށް ކުރަންޖެހިފައިވާ މައިގަނޑު ކަމަކީ، އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމެވެ.

"ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި މި ދަނީ އެ ދަރަނިތައް ދެއްކުމަށް، މިކަން މި ދަރަނިތައް ނުދެއްކިއްޖެ ނަމަ، މުޅި ޤައުމު ބޭންކްރަޕްޓް ވާނެ." ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން ގެންދާ ކަމަށާއި، މުސާރަތައް ވެސް ހަމަޖައްސަމުން ގެންދަނީ މި ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، މި މުޒާހަރާއަކީ "ޤައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިއަށް ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަންވެގެން ކުރާ ނުބައިކަމެއް" ކަމަށެވެ. މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމެއް ނެތި ހުރިހާ ކަމެއް ހާމަކުރަމުންދާ ކަމަށާއި، ކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު އޮތް ގޮތް ހާމަކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ސުވާލު އުފެއްދެވީ، ކުރީގެ ތިން ހަތަރު ސަރުކާރުން ވެސް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނި ނަމަވެސް، އެކަންކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ. ނަމަވެސް، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެފަދަ ހިޔާނާތްތައް ނުކުރުމަށް އެންމެންނަށް ނަސޭހަތްތެރިވެ އިންޒާރު ކުރައްވަމުންދާ ކަމަށާއި، އެކަންކަން ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

 

 

މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ "ޤައުމު އިތުރު ވަޅުގަޑަކަށް ވައްޓާލުން" ކަމަށާއި، "ރައްޔިތުން އިތުރަށް ދަރާނިވެރިކުރުވައި އިދަޖައްސާލުން" ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން، އެއްވެސް މީހަކު މި މުޒާހަރާގައި ބައިވެރިނުވުމަށާއި، ޤައުމުގެ އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެލެއްވިއެވެ.

"މިއީ މުޅި ޤައުމު އިދަޖައްސަން ކުރާ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" ޤާސިމް ވިދާޅުވިއެވެ.

މިއީ އެއްވެސް މީހަކަށް ވެސް އަދި ބަޔަކަށް ވެސް އޮތް ބާރެއް ނޫން ކަމަށާއި، މިއީ ދީނީ ގޮތުން ވެސް އަދި ޤާނޫނީ ގޮތުން ވެސް އޮތް ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވަމުން ލިޔުއްވާފައިވެއެވެ. ނިންމަވާލައްވަމުން ޤާސިމް އިބްރާހިމް ވަނީ ދިވެހި ރައްޔިތުންނަށް މާތް ﷲ ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރައްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް ޤާސިމްގެ ތަޢުރީފުޚަބަރު | 3 ގަޑިއިރު ކުރިންރައީސް މުއިއްޒުހާ ތާހިރު ވެރިކަމެއް ކުރި ރައީސްއެއް މި ގައުމު ނުދެކޭ: ޤާސިމްޚަބަރު | މަހެއް ކުރިންރައީސް މުޢިއްޒު ފަދަ އިޚްލާސްތެރި ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއަކު އަދި ނުދެކެން: ޤާސިމްޚަބަރު | މަހެއް ކުރިންއެމްޑީޕީން މިރޭ ބާއްވާ އެއްވުމުގައި ބައިވެރިނުވުމަށް ޤާސިމް ގޮވައިލައްވައިފިޚަބަރު | މަހެއް ކުރިން