logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރުގެ ބަޖެޓު، މާދަމާ މަޖިލީހަށް ހުށަހަޅަނީ

ޢައްފާން މުޙައްމަދު
29 އޮކްޓޯބަރު 2025 - 07:44
އަންނަ އަހަރުގެ ބަޖެޓު، މާދަމާ މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.

މަޖިލީހުން ވަނީ މާދަމާ 9:00 އަށް ބަޖެޓު ހުށަހަޅަން ޖަލްސާއެއް އެޖެންޑާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާ އޮންނާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިފަހުން ވިދާޅުވެފައިވެއެވެ.

ވަޒީރު ވިދާޅުވީ، ބަޖެޓު ތައްޔާރުކުރުމަށްޓަކައި ހުރިހާ މައުލޫމާތެއް އެއްކޮށް، ފުރަތަމަ ޑްރާފްޓް ތައްޔާރުކުރުމަށްފަހު އަންނަ އަހަރު ކުރިއަށްގެންދާ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި،މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަ އަހަރަށް އިއުލާން ކުރައްވާ މަޝްރޫއުތައް ވެސް ހިމެނޭނެކަމަށެވެ.

ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ، ބަޖެޓު އެކުލަވާލަނީ ރާއްޖޭގެ ޢާމްދަނީއަށް ބަލައިގެން ކަމަށާއި،ބައެއް ޕްރޮޖެކްޓްތަކަށް ސަޕްލަޔަރ ކްރެޑިޓްގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސިން މެދުވެރިކޮށް އަދި ހިލޭ އެހީއާއި، މަލްޓިލެޓްރަލް އެޖެންސީތަކުން ލިބޭ ލޯނުގެ އިތުރުން ބޭރުގެ ޤައުމުތަކުން ލިބޭނެ އެހީތަކާ އެކު ފަންޑުކުރާނެ ކަމަށެވެ.

ބަޖެޓުގައި ހިމަނާ ޚަރަދުތަކުގެތެރޭގައި ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ހިމެނެއެވެ. އޭގެތެރޭގައި މަހުން މަހަށް ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ޚަރަދުތަކުގެ އިތުރުން ލޯނު ދެއްކުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި ބަޖެޓުގައި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ ޢަދަދުތައްވެސް ހިމަނާނެއެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން، ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހެއެވެ.  އަދި ބަޖެޓު ފާސްކުރާނީ މުޅި މަޖިލިހާއި ކޮމިޓީ މަރުހަލާގައި ބަހުސްތައް ބޭއްވުމަށްފަހުއެވެ.

މި އަހަރަށް ފާސްކޮށްފަިއވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ޚަބަރު | 13 ގަޑިއިރު ކުރިންއެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ އައްޔަންކުރަން ފާސްކޮށްފިޚަބަރު | 17 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓު، މާދަމާ މަޖިލީހަށް ހުށަހަޅަނީޚަބަރު | 17 ގަޑިއިރު ކުރިންވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު މައްސަލައެއްގައި ކަސްޓަމަސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފިޚަބަރު | 19 ގަޑިއިރު ކުރިން