logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ހުރިހާ މުހިންމު ބިލެއްހުރީ ޕާކުކޮށްފަ: އެމްޕީ ފަލާޙް

އިސްމާޢިލް ރާތިޢު
14 ނޮވެމްބަރު 2025 - 17:10
އެމްޑީޕީން ހުރިހާ މުހިންމު ބިލެއްހުރީ ޕާކުކޮށްފަ: އެމްޕީ ފަލާޙް

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި އެމްޑީޕީން ހުރީ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ބިލެއް ޕާކުކޮށްފަ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާެއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

"ދިވެހީންގެ ރާއްޖެ" މިނަމުގައި ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، މަޖިލީހުގެ 20 ވަނަ ދައުރު މިހާތަނަށް އައި އިރު 51 ބިލެއް ފާސްކޮށްފައިވާ ކަމަށެވެ. އެއާ ޚިލާފަށް، 19 ވަނަ ދައުރުގައި މިއަދާހަމައަށް ފާސްކުރެވުނީ އެންމެ 41 ބިލު ކަން ފަލާޙް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ރައްޔިރުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށް ނުދާކަން ފާހަގަކުރައްވާ، ފަލާޙް ވިދާޅުވީ ރައްޔިތުންނަށް ފައިދާހުރި ހުރިހާ މަސައްކަތެއް ހުރީ ކުރިއަށް ނުގެންގޮސް ޕާކުކޮށްފަ ކަމަށެވެ.

މީގެ މިސާލެއްގެ ގޮތުން ފަލާޙް ނެންގިވީ އިސްރާއީލު ޕާސްޕޯޓުގެ މައްސަލައެވެ. ފަލާހް ފާހަގަކުރެއްވިގޮތުގައި އެމްޑީޕީ ވެރިކަން ނިމިދިޔަ އިރު މިކަންވެސް އޮތީ ނުވެއެވެ. މިކަން ފާހަގަކުރެއްވުމަށްފަހު ފަލާޙްވަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުންމަނާކުރަން އެމްޑީޕީއަށް ނުކެރުނު ކަމަށް ވިދާޅުވެ، އެކަން ކުރަން ކެރުނީ ކޮން ބޭފުޅަކަށްތޯ ސުވާލުކުރައްވާފައެވެ. އެހެންކަމުން މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބޭވަރު ކަމެއް ނޫންތޯއާއި، މިކަމަކީ މި އިސްލާމީ ޤައުމު ފަޚުރުވެރިވާންޖެހޭ ކަމެއް ނޫންތޯވެސް ފަލާޙް ސުވާލުކުރެއްވިއެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ވާހަކަ. މިހާހިސާބަށް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގަ 51 ބިލެއް އަޅުގަނޑުމެން ފާސްކޮށްފިން. އެމްޑީޕީ ވެރިކަމުގެ މިއަދާ ހަމައަށް ފާސްކުރެވިފަ އޮތީ 41 ބިލު. ކޮމެޓީތައް ބަލާލިއިރުގަ މުހިންމު ހުރިހާ އެއްޗެއް އެހެރީ ޕާކުކޮށްފަ. 19 ވަނަ މަޖިލީހުގަ. ރައްޔިތުންނަށް ފައިދާއެއްވާންހުރި ހުރިހާއެއްޗެއް ހުރީ ޕާކުކޮށްފަ.

މީގެ އިތުރަށް، ފަލާޙް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ޤައުމުގެ މިނިވަންކަން އޮތް ހިސާބާމެދުވެސް ސުވާލު އުފައްދަވާފައެވެ. މިމޭރުމުން ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ދެމިއޮތުމަށްޓަކައި ދެކަމެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ ގައުމުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭވަރުގެ އަސްކަރިއްޔާއެއް އޮތުމާއި ގައުމުގެ ރައްޔިތުން ކައިގެން ބޮއެގެން އުޅޭނެ އިގުތިސޯދީ ހަކަތަ، ދައުލަތުގައި ހުރުން ކަމަށް ވިދާޅުވެ، ފަލާޙް ވިދާޅުވީ މިސަރުކާރު އައި އިރު މިދެކަންތައްވެސް އޮތީ އަށިން ބޭރަށް ވެއްޓޭ ހިސާބުގައި ކަމަށެވެ.

ފަލާޙް ވިދާޅުވީ އެމްޑީޕީ ސަރުކާރު ވެއްޓުނު އިރު ދައުލަތުގެ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ނަމަވެސް މިހާރު އެފަންޑުގައި 120 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. މި އަދަދަކީ އެމްޑީޕީ ސަރުކާރުން ނަގާފައިހުރި ދަރަނިތައް އަދާކުރަމުން ރައްކާކޮށްފައިހުރި އަދަދެއްކަން ފަލާޙްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ފަލާޙްވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަންކުރެއްވުމުގައި ޤައުމާމެދު ބަހައްޓަވާ އިޚްލާޞްތެރިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުދަންނަވާ، ޑރ. މުޢިއްޒު ފަދަ ވެރިއެއްގެ ފަހަރުގައި މަސައްކަތްކުރުމުގެ ތައުފީގު ދެއްވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުދަންނަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ހުރިހާ މުހިންމު ބިލެއްހުރީ ޕާކުކޮށްފަ: އެމްޕީ ފަލާޙްޚަބަރު | 3 ގަޑިއިރު ކުރިންކުރީގެ ވަޒީރު މަހުލޫފާއެކު ގިނަ ބަޔަކު ޕީއެންސީއާ ގުޅިވަޑައިގެންފި ޚަބަރު | 3 ގަޑިއިރު ކުރިންނަފްސާނީ ގޮތުން ބަލިކޮށްލައި ބަދުނާމުކުރަން މަސައްކަތްކުރި، އެކަމަކު އަޒުމެއް ނުގުޑާނެ: ހީނާ ޚަބަރު | 4 ގަޑިއިރު ކުރިންރައީސް ބައިވެރިވެވަޑައިގަންނަވާ "ދިވެހިންގެ ރާއްޖެ" ޖަލްސާ މިރޭ ޚަބަރު | 14 ގަޑިއިރު ކުރިން