logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
24 ނޮވެމްބަރު 2025 - 04:59
ކުރިއަށް އޮތް 3 ދުވަހު ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު، މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

އެގޮތުން މި ދުވަސްތަކުގައި އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުމާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެން ދާނެކަމަށާއި އަދި ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވުމާއެކު ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ދަތުރުވެރިން، މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުން ދަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުން ފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެއްޖެޚަބަރު | 2 މަސް ކުރިންކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެޚަބަރު | 2 މަސް ކުރިންދުންފުހުގެ އަސަރު ދަނީ ދަށްވަމުންޚަބަރު | 2 މަސް ކުރިންރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެ ޚަބަރު | 3 މަސް ކުރިން