logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

 ބުރިޖު ނިމުނަސް،ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދެއްނުކުރަަން:ވަޒީރު މުއްތަލިބު

އައިޝަތު ނަޝާ
24 ނޮވެމްބަރު 2025 - 07:41
 ބުރިޖު ނިމުނަސް،ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދެއްނުކުރަަން:ވަޒީރު މުއްތަލިބު

ބުރިޖުގެ މަސައްކަތް ނިމުނުކަމުގައިވިޔަސް، ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދުކުރައްވާފައި ނުވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިލިމާލޭގައި މިހާރު އަޅަމުންދާ ބުރިޖާ، މަގުހެދުމާ، ހައުސިން ޔުނިޓާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިއުމުގައިވެސް، ރަށުގެ ވެށި، ފެހިކަން މަތީ ދެމެހެއްޓެވުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ބްރިޖުން ފައިބާއިރު ހުސްކޮށް އޮންނަބިމުގައި، ޕާކިން ބިލްޑިންނެއް އެޅުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި، އިންޑިއާގެ ސަރުކާރުގެ އެލްއޯސީގެ ތެރެއިން އެތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ހުށަހަޅުއްވާނެ ކަމަށްށެވެ.އަދި ސަރުކާރުގެ ވިސްނުމަކީ، ޕާކިން ސަރަހައްދެއް ހަދައި ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކޮށްގެން ރަށު ތެރެއަށް ވަދެވޭނެ ގޮތަށް އިންތިޒާމުތައްހަމަޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ވަނީ، ވިލިމާލޭ މަސްޖިދުއްސަލާމް ހުރި ބިމުގައި ޒަމާނީ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ، ރަށުގައި ހުރި ގިނަދުވަސްވީ ދެ ގަހެއްގެ ސަބަބުން، ދިމާވާ މައްސަލައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން، އެ ދެ ގަސް ނެގުމަށް ނިންމަވާފައެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ، ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

 ބުރިޖު ނިމުނަސް،ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދެއްނުކުރަަން:ވަޒީރު މުއްތަލިބުޚަބަރު | ގަޑިއިރެއް ކުރިންހައުސިން އެފޯޑަބިލިޓީ މަޝްރޫއާއިއެކު އާމްދަނީގެ އެކި ގިންތިތަކަށް އަތްފޯރާ ފަށަށް ބޯހިޔާވެހިކަން ތަނަވަސްވާނެ: މުއްތަލިބް ޚަބަރު | 2 މަސް ކުރިންފްލެޓް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ: ވަޒީރު މުއްޠަލިބްޚަބަރު | 2 މަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | 2 މަސް ކުރިން