logo
Bank of Maldives

Bank of Maldives

ރިޕޯޓް

2025: ރައްޔިތުންނަށް ހަގީގީ މާނާގައި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގެ ނަމޫނާ އަހަރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖެނުއަރީ 2026 - 15:36
ދުންފަތުން ސަލާމަތްތެރި ޖީލެއް ބިނާކުރުމަށް ރައީސް ޖެނެރޭޝަނަލް ބޭން ބިލް ތަސްދީގު ކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް
ދުންފަތުން ސަލާމަތްތެރި ޖީލެއް ބިނާކުރުމަށް ރައީސް ޖެނެރޭޝަނަލް ބޭން ބިލް ތަސްދީގު ކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

2025 ވަނަ އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެ ދެކެމުން އަންނަ ކާމިޔާބީގެ ސިލްސިލާ އަށް އިތުރުވި އެންމެ ކާމިޔާބު އެއް އަހަރެވެ. މި އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ އިޖުތިމާއީ، އިގްތިސާދީ އަދި އުމްރާނީ ދުޅަހެޔޮކަމަށްޓަކައި ސަރުކާރުން ނުހަނު ކެރުންތެރި ނިންމުންތަކެއް ނިންމައި، އެ ނިންމުންތައް އަމަލީގޮތުން ތަންފީޒުކުރަން ފެށި ތާރީޚީ އަހަރަކަށެވެ. ޚާއްޞަކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އުއްމީދީ އުފާވެރިކަން ލިބިގެން ދިޔައެވެ.

ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެ އިން އަންނަނީ އެކި ރޮނގުތަކުން ކުރިއެެރުމާއި ތަރައްގީ ހާސިލް ކުރަމުންނެވެ. މި ރިޕޯޓުގައި މި ބަލައިލަނީ ވޭތުވި އަހަރު ރައީސް މުޢިއްޒުގެ ސަރުކާރުން ދިވެހިން ރައްޔިތުންނަށްޓަކައި ކުރެއްވި ގިނަގުނަ ބުރަ މަސައްކަތްޕުޅުގެ ތެރެއިން ބައެއް ކަންކަމުގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ ޖީލެއް ބިނާކުރުން

2025 ވަނަ އަހަރަކީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އެންމެ ވަރުގަދަ ފިޔަވަޅުތަކެއް އެޅި އަހަރެވެ. މިގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ "ޖެނެރޭޝަން ބޭން" ނޮވެމްބަރު 1 އިން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް މަތިކޮށް، އުމުރު ކަށަވަރުކުރުމުގެ ހަރުކަށި އުސޫލުތަކެއް ވަނީ ގާއިމުކޮށްފައެވެ. މި އިސްލާހުތަކުގެ މައިގަނޑު އަމާޒަކީ ދުންފަތުގެ ވަބާއިން ދުރު، ސިއްހަތު ސަލާމަތުން ހުރި ޒުވާން ޖީލެއް ބިނާކުރުމެވެ.

ވޭޕް މަނާކުރުމާއި ގާނޫނީ ފިޔަވަޅުތައް

ދުންފަތުގެ އިތުރުން، ޒުވާނުންގެ މެދުގައި އާންމުވަމުންދިޔަ ވޭޕްކުރުމުގެ ނުރައްކާތެރި އާދައާ ދެކޮޅަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. 2024 ގެ ފަހުކޮޅުން ފެށިގެން ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމާ ގުޅިގެން، 2025 ވަނަ އަހަރުގެ ތެރޭގައި ކަސްޓަމްސްއިން ވަނީ 73,000 އަށްވުރެ ގިނަ ވޭޕް ސާމާނު ހިފަހައްޓާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ވޭޕް އެތެރެކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި، މި ނުރައްކާތެރި ވަސީލަތް ރާއްޖެއިން ފޮހެލުމަށް ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު ވަރުގަދަ އޮޕަރޭޝަންތައް

މުޖުތަމައުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް 2025 ވަނަ އަހަރު ފުލުހުން ވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައެވެ. ޑިސެމްބަރު 24 އާ ހަމައަށް ހިންގުނު 188 އޮޕަރޭޝަނެއްގައި 997 މީހުން ހައްޔަރުކޮށް، 875 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުހުރި މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގަނެފައެވެ. މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ 11 ތަނެއް ބަންދުކޮށް، ފަރުވާ ބޭނުންވާ ފަރާތްތައް އެންޑީއޭއާ ހަވާލުކޮށް، ކުށްވެރިންނަށް ގާނޫނީ އަދަބު ދިނުމަށް ޕީޖީ އޮފީހަށް ގިނަ މައްސަލަތަކެއް ވަނީ ފޮނުވާފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން

ރާއްޖޭގެ ދާޚިލީ ސަލާމަތާއި އިގްތިސާދަށް އޮތް ގޮންޖެހުމެއް ކަމުގައިވާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "ބޮޑު އޮޕަރޭޝަނެއް" ފަށާފައެވެ. މި މަސައްކަތުގެ ދަށުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި 9,188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކާއި ޖިނާއީ ކުށްތަކުގައި ބައިވެރިވާ ބިދޭސީންނަށް އެއްވެސް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ހަރުދަނާކަމާއެކު ކުރިއަށް ގެންދަމުންނެވެ.

ފާޙިޝް ޢަމަލުތަކުން ރައްޔިތުން ރައްކާތެރިކޮށް ދިނުމަށް މަސާޖު ޕާލާތައް ބަންދުކުރުން

ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަންގެ ދަށުން 31 ޑިސެމްބަރު ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވެއެވެ.

މިއާއެކު މި މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް އަދި މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކުގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެ، އެންމެންގެ ޚިޔާލުވެސް އެފަދަ ކަންކަމުގައި އެއްގޮތްވެގެންކަމުގައި ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ހަގީގީ މާނާގައި އިޖުތިމާއީ ދުޅަހެޔޮކަން

ޖުމްލަކޮށް ބަލާއިރު، 2025 ވަނަ އަހަރަކީ ދިވެހި ސަރުކާރުގެ ކެރުންތެރިކަމާއި، ރައްޔިތުންގެ ސަލާމަތަށްޓަކައި އޮތް އިޚްލާޞްތެރިކަން ހާމަވެގެންދިޔަ އަހަރެކެވެ. ދުންފަތާއި މަސްތުވާތަކެއްޗާ ދެކޮޅަށް އެޅުނު ފިޔަވަޅުތަކާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަކީ އަމާން އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. މި ކާމިޔާބީތަކާއެކު، ދިވެހިރާއްޖެ މިއަދު މިވަނީ އިޖުތިމާއީ ސަލާމަތްތެރިކަން ކަށަވަރުވެފައިވާ އުފާވެރި މަންޒިލަކަށް ވާސިލްވުމުގެ މަގުމަތީގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025: ރައްޔިތުންނަށް ހަގީގީ މާނާގައި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގެ ނަމޫނާ އަހަރެއްރިޕޯޓް | 2 ގަޑިއިރު ކުރިންދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 6 ގަޑިއިރު ކުރިންއުކުޅަހު ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިން