logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ޑޮކްޓަރުގެ ލަފާޔާ ނުލާ އެންޓިބަޔޮޓިކް ބޭނުން ނުކުރަން އިލްތިމާސްކޮށްފި

އައިޝަތު ނަޝާ
14 ޖެނުއަރީ 2026 - 13:41
ޑޮކްޓަރުގެ ލަފާޔާ ނުލާ އެންޓިބަޔޮޓިކް ބޭނުން ނުކުރަން އިލްތިމާސްކޮށްފި

ރޯގާގެ އަލާމާތްތައް ފެނުނުނަމަވެސް ޑޮކްޓަރުގެ ލަފާ ނުހޯދައި އެންޓިބަޔޮޓިކް ބޭނުންނުކުރަން އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިހެންބުނެފަި އުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން ރާއްޖެ އަންނަ ދުވަސްވަރު އާއްމު ރޯގާ އިތުރުވާތީ އެކަމާއި ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުންނެވެ.

ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާއަށްދާ މީހުން އެނބުރި އަންނަ ދުވަސްވަރު އާއްމު ރޯގާތައް އިތުރުވާތީ ކަމާބެހޭ ފަރާތްތަކުން ދަނީ ޚާއްސަ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެގޮތުން ފުލޫތައް ޤާއިމްކުރުމާއި އާއްމުން ހޭލުންތެރިކުރުވުމަށް ތަފާތު މަސައްކަތްތައް އެޗްޕީއޭއިން ކުރިއަށްގެންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޑެންގީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނޮވެންބަރު މަހު ޑެންގީގެ 382 ކޭސް ފެނިފައިވާއިރު، ޑިސެންބަރު މަހުގެ ނިޔަލަށް މިއަދަދު 413 އަށް ވަނީ އަރާފައެވެ.

މިއީ 2024 ވަނަ އަހަރަށްވުރެ އިތުރުވުމެކެވެ. އެއަހަރުގެ ނޮވެންބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 140 ކޭހެވެ. އަދި ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ 70 ކޭހެވެ.

ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ. ޚާއްޞަކޮށް ދަތުރުތައް އިތުރުވުމާއެކު ރައްޔިތުންގެ ގިނަ ކަންކަމަށް ސަމާލުކަން ދިނުމަށް ސިއްޚީ ޚިދުމަތް ދޭ ފަރާތްތަކުން ޢިލްތިމާސް ކުރެއެވެ. އަދި ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޫނުވުމާއި ގުޅިގެން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފިޚަބަރު | 25 ދުވަސް ކުރިންމިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް ހިނގައްޖެޚަބަރު | މަހެއް ކުރިންކުރިޔަށް އޮތް ތިން ދުވަސްތެރޭ ވައި ސާފުވާނެ: މެޓްޚަބަރު | 2 މަސް ކުރިންސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | 2 މަސް ކުރިން