logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ކައުންސިލު އިންތިޚާބުގައި ޖޭޕީގެ ތާއީދު ސަރުކާރަށް! ކެންޑިޑޭޓުން ވާދަކުރާނީ މާމިގިލި ދާއިރާގެ ރަށްތަކުގައި އެކަނި!

ޒިދާން މުޙައްމަދު
19 ޖެނުއަރީ 2026 - 10:07
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން --- ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވުން
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން --- ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުވުން

ލޯކަލް ކައުންސިލު އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓުން ވާދަކުރާނީ މާމިގިލި ދާއިރާގެ ރަށްތަކުގައި އެކަނި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

ޖޭޕީގެ މި ނިންމުން ހާމަކޮށް އެ ޕާޓީން ބުނީ، ޖޭޕީގެ ނިންމުމަކީ ލޯކަލް ކައުންސިލު އިންތިޚާބުގައި ހަމައެކަނި މާމިގިލި ދާއިރާއަށް ކެނޑިޑޭޓުން ނެރުން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ތާއިދު ކުރަން ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅޭނީ މައި ޕޯޓަލް މެދުވެރިކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަނަށް ހުށަހަޅާނީ، my.elections.gov.mv ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް މަޢުލޫމާތު ހުށަހަޅުއްވައިގެންނެވެ. އަދި މިދިޔަ ޑިސެމްބަރުމަހުގެ 1ގެ ފަހުން ނާގަފައިވާ މުޅި އުމުރުގެ ކުށުގެ ރިކޯޑާއި، ދަރަނި ކްލިއަރެންސް ރިޕޯޓު އަޕްލޯޑު ކުރަންޖެހޭނެއެވެ.
އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓީން މިހާރު ވަނީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށްފަހު ކެނޑިޑޭޓުންވެސް ކަނޑައަޅާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް: ގާސިމްޚަބަރު | 2 މަސް ކުރިންދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ޤާސިމްޚަބަރު | 2 މަސް ކުރިންޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 3 މަސް ކުރިންލޯކަލް ކައުންސިލު އިންތިޚާބުގައި ޖޭޕީގެ ތާއީދު ސަރުކާރަށް! ކެންޑިޑޭޓުން ވާދަކުރާނީ މާމިގިލި ދާއިރާގެ ރަށްތަކުގައި އެކަނި!ޚަބަރު | 4 މަސް ކުރިން