logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭވާލާ ނިޒާމުގެ ބަލިތައް ވެސް ސަމާލުވާން ޖެހޭ ވަރަށް އިތުރުވެއްޖެ

ޒިދާން މުޙައްމަދު
19 ޖެނުއަރީ 2026 - 17:26
އެޗްޕީއޭ ހިންގާ އިމާރާތް
އެޗްޕީއޭ ހިންގާ އިމާރާތް

ޑެންގީހުމާއި ވައިރަލް ރޯގާ އަދި ބޭރަށްހިނގުމާއެކު، ނޭވާލާ ނިޒާމުގެ ބަލިތައް ވެސް ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓުކުރާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ. ތަފާސްހިސާބުތަކާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ސަރަހައްދުގައި އިތުރުވަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ، އެކަންކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އަރިދަފުސް ރޯގާއިން ސަލާމަތްވުމަށް؛

- މީހުން އެއްވެ އުޅޭ ތަންތަނަށް ނުކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން

- ބަލި މީހުންނާއި ކުޑަކުދިން ގާތަށް ނުދިއުން

- ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ސްކޫލު/ވަޒީފާ އަދި ގިނަ މީހުން އެއްވާ ތަންތަނަށް ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ނުދިއުން އަދި ދާނަމަ މާސްކު އެޅުން

ޑެންގީ އިން ރައްކާތެރިވުމަށް؛

- މަދިރި އުފެދި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން

- މަދިރި ނުހަފާނެހެން މަދިރި ލޯޝަން ބޭނުންކުރުން

ބޭރަށް ހިންގުމާއި ހޮނޑުލުމުން ރައްކާތެރިވާން؛

- ކާބޯތަކެތި މަތިޖަހާފައި ބެހެއްޓުން

- ބޭރަށް ހިންގައި، ހޮޑުލާ ނަމަ ގިނައިން އާރުއޯއެސް ނުވަތަ ދިޔާތަކެތި ބޭނުންކުރުން

- ކާބޯތަކެތި ތައްޔާރުކުރުމާއި ކާން ހެދުމާއި ކާން ދިނުމުގެ ކުރިން ރަނގަޅަށް އަތްދޮވުން

އެޗްޕީއޭއިން ވަނީ ހިތާއި ފުއްޕާމޭ އަދި ކިޑްނީގެ ބަލިތައް ފަދަ ދިގު މުއްދަތަކަށް ފަރުވާކުރަންޖެހޭ މީހުންނާއި އުމުރުން ދުވަސްވީ މީހުން، ބަލީގައި ބޮޑުވަރުވުމުގެ ކުރިން އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އެދިފައެވެ.

މީގެ އިތުރުން؛

- މޭގައި ރިއްސުން/ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން ނުވަތަ  ނޭވާލާއިރު އަޑެއް އިވޭ ނަމަ ނޫނީ މާބޮޑަށް ވަރުދެރަވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އިމަޖެންސީ ފަރުވާ ހޯދުން

- ސިއްހީ އެހީތެރިއެއްގެ އިރުޝާދުގެ ދަށުން ނޫނީ ކަފް ސިރަޕް އަދި އެންޓިބަޔޮޓިކް ފަދަ ބޭސް ބޭނުން ނުކުރުން

- ހޮޑުލުމުގެ ސަބަބުން ދިޔާތަކެތި ނުބޮވޭނަމަ ނުވަތަ އާދަޔާ ހިލާފަށް ވަރުދެރަވުމާއި ކުޑަކަމުދާ މިންވަރު މަދުވުން ފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭވާލާ ނިޒާމުގެ ބަލިތައް ވެސް ސަމާލުވާން ޖެހޭ ވަރަށް އިތުރުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންޑޮކްޓަރުގެ ލަފާޔާ ނުލާ އެންޓިބަޔޮޓިކް ބޭނުން ނުކުރަން އިލްތިމާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންމިދިޔަ ޑިސެމްބަރ މަހު ޑެންގީގެ 400 އަށްވުރެ ގިނަ ކޭސްޚަބަރު | 6 ދުވަސް ކުރިންދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖަަހައިގެން ވިއްކުން މަޖުބޫރު ކޮށްފިޚަބަރު | 11 ދުވަސް ކުރިން