ކާމިޔާބާއި ނަސްރު ލިބުން އޮތީ ވަރަށް ގާތުގައި: އީރާނުގެ މަޖިލީހުގެ ރައީސް
18 މާރިޗު 2026 - 02:40

ކާމިޔާބީ އާއި ނަސްރު އޮތީ ވަރަށް ގާތުގައި ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ވިދާޅުވެއްޖެއެވެ.
ޤާލީބާފް ވިދާޅުވީ، އެޤައުމުގެ ސަލާމަތީ ބާރުތަކުން ސަރަޙައްދީ ފެންވަރުގައި ދެމުންދާ ވަރުގަދަ އަދި ނުފޫޒުގަދަ ޙަމަލާތަކާއި، ރައްޔިތުން މަގުތަކަށް ނުކުމެ ދައްކަމުންދާ ބޮޑު އެއްބައިވަންތަކަމުގެ ސަބަބުން ދުޝްމަނުން ކަކޫޖަހަން މަޖުބޫރުވެފައިވާ ކަމަށެވެ.

Ad by Hajj Corporation
އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާލީބާފް ވިދާޅުވީ، މި ނާޒުކު ދަނޑިވަޅުގައި އީރާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށާއި، ޤައުމީ އެއްބައިވަންތަކަމާއި ކެތްތެރިކަމާއެކު ނަޞްރު ލިބުން އޮތީ ވަރަށް ގާތުގައި ކަމަށެވެ.
ފެބްރުއަރީ 28 އިން ފެށިގެން އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާނީ ޢަމަލުތަކަށް، އެޤައުމުގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ރައްދުތަކެއް ދެމުންނެވެ.
މިގޮތުން، ސަރަޙައްދުގައި ހުރި އެމެރިކާގެ އިސްތިރާތީޖީ މަރުކަޒުތަކަށާއި، އިސްރާއީލުން އިޙްތިލާލުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ އަމާޒުތަކަށް އީރާނުގެ މިސައިލާއި ޑްރޯން ޙަމަލާތައް ދަނީ މެދުކެނޑުމެއްނެތި އަމާޒުވަމުންނެވެ.


