logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ދުނިޔެ

އޮހޮރުވައިލެވޭ ކޮންމެ ލޭގެ ތިއްކަކަށް އޭގެ ހައްގު ބަދަލު ހިފާނަން: އީރާން

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މާރިޗު 2026 - 01:30
 އޮހޮރުވައިލެވޭ ކޮންމެ ލޭގެ ތިއްކަކަށް އޭގެ ހައްގު ބަދަލު ހިފާނަން: އީރާން

އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ، އެ ގައުމުގެ އިސް ސަލާމަތީ އޮފިޝަލެއް ކަމަށްވާ އަލީ ލާރިޖާނީ އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބި "ކުށްވެރި ގާތިލުން" އޭގެ ބަދަލު ވަރަށް އަވަހަށް ދޭންޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާމަނާއީ ވިދާޅުވީ، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީއާއި، އޭނާގެ ދަރިކަލުންނާއި ބައެއް މުވައްޒަފުން އަވަހާރަކޮށްލި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. ލާރިޖާނީއަކީ "އިލްމުވެރި، ދުރުވިސްނޭ އަދި ހިކުމަތްތެރި" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ސިޔާސީ، އަސްކަރީ، ސަލާމަތީ، ސަގާފީ އަދި އިދާރީ ދާއިރާތަކުން ގާތްގަނޑަކަށް ފަންސާސް އަހަރުވަންދެން އޭނާ ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުން އެއީ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތަކަށް ވެފައިވާ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ލާރިޖާނީ އަވަހާރަކޮށްލުމަކީ އޭނާގެ މުހިންމުކަމާއި އިސްލާމްދީނުގެ ދުޝްމަނުން އޭނާއަށް ކުރާ ނަފުރަތު ހާމަވާ ކަމެއް ކަމަށާއި، މިފަދަ ބޭފުޅުންގެ ލޭ އޮހޮރުވައިލުމުން ގައުމުގެ އަޒުމް އިތުރަށް ވަރުގަދަވާނެ ކަމަށް ޚާމަނާއީ އިންޒާރު ދެއްވިއެވެ. އަދި އޮހޮރުވައިލެވޭ ކޮންމެ ލޭގެ ތިއްކަކަށް އޭގެ ހައްގު ބަދަލު ހިފޭނެ ކަމަށާއި، މި ޝަހީދުންގެ ގާތިލުން ވަރަށް އަވަހަށް އޭގެ އަގު އަދާކުރަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ލާރިޖާނީ އަވަހާރަކޮށްލާފައިވަނީ އަންގާރަ ދުވަހުގެ ކުރީކޮޅު އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އޭނާގެ ދަރިކަލުން މުރުތަޟާ އާއި، އެހީތެރިޔާ އަލީރޭޒާ ބަޔާތު އަދި ކައުންސިލްގެ ބައެއް މުވައްޒަފުންނާއި ބޮޑީގާޑުންވެސް ވަނީ މަރުވެފައެވެ.

ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އޭރުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ ރައްދުގައި އީރާނުން ދަނީ އިޒްރޭލާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އުމްރާނީ ވަސީލަތްތަކަށް ގެއްލުންވުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށްވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮހޮރުވައިލެވޭ ކޮންމެ ލޭގެ ތިއްކަކަށް އޭގެ ހައްގު ބަދަލު ހިފާނަން: އީރާންދުނިޔެ | ގަޑިއިރެއް ކުރިންމެދުއިރުމަތީގައި ނިއުކްލިއާ ކާރިސާއެއްގެ ބިރުވެރިކަން ބޮޑުވެ، ސިއްހަތު ޖަމިއްޔާ ތައްޔާރީ ހާލަތަށްދުނިޔެ | 3 ގަޑިއިރު ކުރިންއިސްރާއީލުގެ މޮސާޑަށް ޖާސޫސުކޮށްދޭކަމަށް ސާބިތުވި މީހަކު އީރާނުގައި ދަންޖައްސައިފިދުނިޔެ | 4 ގަޑިއިރު ކުރިންއީރާނާއި ގުޅޭގޮތުން ޓްރަމްޕް ކުރާ ދައުވާއަށް އެމެރިކާގެ ޑައިރެކްޓަރ އޮފް އިންޓެލިޖެންސް އެއްބަހެއްނޫންދުނިޔެ | 5 ގަޑިއިރު ކުރިން