ޓެނިސްގެ ލެޖެންޑް، ނަދާލް ރިޓަޔަމެންޓް އިއުލާންކޮށްފި
10 އޮކްޓޯބަރު 2024 - 11:53

ސްޕެއިންއަށް ނިސްބަތްވާ ޓެނިސްގެ ލެޖެންޑް، ރަފައިލް ނަޑާލް ޕްރޮފެޝަނަލް ކެރިއަރު ނިންމާލަން ނިންމާފައިވާ ކަމުގައި އިއުލާންކޮށްފިއެވެ.
އަންނަ މަހު، އަމިއްލަ ގައުމު ސްޕެއިންގައި އޮތް ޑޭވީސް ކަޕްއަށް ފަހު ޕްރޮފެޝަނަލް ކެރިއަރު ނިންމާލާނެ ކަމަށް ނަދާލް އިއުލާންކުރީ މިއަދުއެވެ. އެހެންކަމުން އުމުރުން 38 އަހަރުގެ އެތްލީޓުގެ އެންމެ ފަހުގެ މުބާރަތަކަށް ވާނީ އެ މުބާރާތެވެ. މީގެ ކުރިން ވެސް އޭނާ ވަނީ، މި އަހަރު ކެރިއަރު ނިންމާލާން ނިންމާފައިވާ ކަމުގައި ބުނެފައެވެ.

Ad by Hajj Corporation
ޓެނިހުގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައިވާ ނަޑާލްއަކީ، ޓެނިހުގެ ގްރޭންޑް ސްލޭމް 22 ތަށި ހޯދާފައިވާ އެތްލީޓެކެވެ. އަދި ޔޫއެސް އޯޕަން ތަށި ހަތަރު ފަހަރު ހޯދިއިރު، ވިމްބަލްޑަން އާއި އޮސްޓްރޭލިއަން އޯޕަންގެ ކޮންމެ މުބާރާތެއް ދެ ފަހަރު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިންގަލްސް އާއި ޑަބަލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން، ސްޕެއިނަށް ފަސް ޑޭވިސް ކަޕް ހޯދައިދޭން ވެސް އެހީތެރިވެފައެވެ.


