logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

ހަނގުރާމާއިގެ ސަބަބުން ޖޯޑަންގައި ތާށިވި ދިވެހިޓީމު އެނބުރި އައިސްފި

އަބްދުﷲ ޣާނިމް
21 ޖޫން 2025 - 05:15
ދިވެހި ޓެނިސް ޓީމުގެ ޖޯޑަންގެ އޮލިމްޕިކް ކޮމިޓީއާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓެނިސް އެސޯސިއޭޝަން
ދިވެހި ޓެނިސް ޓީމުގެ ޖޯޑަންގެ އޮލިމްޕިކް ކޮމިޓީއާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓެނިސް އެސޯސިއޭޝަން

އިޒްރޭލާއި އިރާންގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އެ ދެ ގައުމާ އިންވެގެން އޮތް ޖޯޑަންގައި ތާށިވެފައިވާ ގައުމީ ޓެނިސް ޓީމު މިއަދު ހެނދުނު ރާއްޖެ އައިސްފިއެވެ.

ބިލީ ޖީން ކިންގް ކަޕް (ދި ވޯލްޑް ކަޕް އޮފް ޓެނިސް)ގައި ވާދަކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ޖޯޑަނަށް ދިޔަ 11 މެންބަރުންގެ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިންނާއި ދެ އޮފިޝަލުންގެ އިތުރުން ބެލެނިވެރިންނެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 އިން 21 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެނިސް ޓީމު ޖޯޑަނަށް ދިޔުމަށްފަހު، އިޒްރޭލުން އިރާނަށް ހަމަލާދިނުމާ ގުޅިގެން ޖޯޑަންގެ ބޯޑަރުތައް ބަންދުކުރުމާ ހަމައަށް ދިޔައެވެ. މި ހާލަތުގައި ޓީމުން ވަނީ ސައުދީ އަރަބިއްޔާގެ އެމްބަސީއާއެކު މަޝްވަރާކޮށް، އެއްގަމު މަގުން ސައުދީ އަރަބިއްޔާއަށް ދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން ރާއްޖެ އައުމަށް އެހެން ގޮތްތަކެއް ހޯދަން ޖެހުނެވެ.

ރޯޔަލް ޖޯޑަން އެއާލައިންސްގެ ފްލައިޓަކުން އިއްޔެ ދުބާއީއަށް ދަތުރުކުރުމަށްފަހު، 13 ގަޑިއިރު ޓްރާންސިޓްގައި މަޑުކޮށް، މިއަދު ހެނދުނު ޓީމުގެ ގިނަ މެންބަރުން ވަނީ މާލެ އައިސްފައެވެ. އިރާނު ކޯޗު ދަތުރުކުރީ ތުރުކީގެ އިސްތަންބޫލަށް ކަމަށާއި އޭނާ ވެސް އިސްތަންބޫލުން ދުބާއީ މެދުވެރިކޮށް މާލެ އަންނާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި ޓެނިސް ޓީމަށް އޮލިމްޕިކް ކޮމިޓީއާއި، ސްޕޯޓްސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އައި ކަމަށް ޓެނިސް އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްކަރާޒް ބަލިކޮށް ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި ކުޅިވަރު | 8 މަސް ކުރިންވިމްބަލްޑަންގެ އަންހެން ޗެންޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކްއަށްކުޅިވަރު | 8 މަސް ކުރިންހަނގުރާމާއިގެ ސަބަބުން ޖޯޑަންގައި ތާށިވި ދިވެހިޓީމު އެނބުރި އައިސްފިކުޅިވަރު | 9 މަސް ކުރިންފްރެންޗް އޯޕަން ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކަމްބެކް ކާލޯސް އަލްކަރާޒް ހޯދައިފިކުޅިވަރު | 9 މަސް ކުރިން