logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

ވިމްބަލްޑަންގެ އަންހެން ޗެންޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކްއަށް

އަބްދުﷲ ޣާނިމް
13 ޖުލައި 2025 - 05:52
އިގާ ސްވިއަޓެކް ވިމްބަލްޑަން ޓްރޮފީއާއެކު - ފޮޓޯ: ނިއުޔޯކް ޓައިމްސް
އިގާ ސްވިއަޓެކް ވިމްބަލްޑަން ޓްރޮފީއާއެކު - ފޮޓޯ: ނިއުޔޯކް ޓައިމްސް

ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކް ވަނީ ހޯދައިފައެވެ. ސްވިއަޓެކް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެމެރިކާގެ އަމަންޑާ އަނިސިމޯވާ އާ ދެކޮޅަށް ކުޅުނު މެޗުގައި 6-0، 6-0 ގެ ނަތީޖާއަކުން ވަރަށް ފަސޭހަ ކާމިޔާބީއެއް ހޯދައިގެންނެވެ.

މި ކާމިޔާބީއާއެކު ސްވިއަޓެކް ވެގެން ގޮސްފައިވަނީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސިންގަލްސް އިވެންޓެއްގެ ޗެމްޕިއަންކަން ހޯދި ޕޮލެންޑުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި އަނިސިމޯވާއަށް މި މެޗުގައި އެއްވެސް ޕޮއިންޓެއް ނުހޯދުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖުމްލަ 57 މިނެޓަށް ދިގުދެމިގެން ދިޔަ މި މެޗަކީ ތާރީޚީ ގޮތުން ވެސް ފާހަގަކޮށްލެވޭ މެޗެކެވެ. މިއީ 1911 ވަނަ އަހަރަށްފަހު ވިމްބަލްޑަންގެ ފައިނަލް މެޗެއްގައި ޕޮއިންޓެއް ނުލިބި ކުޅުންތެރިއަކު ބަލިވި ފުރަތަމަ ފަހަރެވެ. އަދި ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި މިފަދަ ނަތީޖާއެއް އެންމެ ފަހުން ފެނިފައިވަނީ 1988 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ސްޓެފީ ގްރަފް އަތުން ނަތާޝާ ޒްވެރޭވާ ބަލިވި މެޗުގައެވެ.

ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅުނު ސްވިއަޓެކްގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ މީގެ ކުރިން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. މި އަހަރުގެ ވިމްބަލްޑަން މުބާރާތް ކާމިޔާބުކުރުމާއެކު އޭނާގެ ގްރޭންޑް ސްލޭމް ކާމިޔާބީތަކުގެ އަދަދު ވަނީ ހަޔަށް އަރާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްކަރާޒް ބަލިކޮށް ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި ކުޅިވަރު | 8 މަސް ކުރިންވިމްބަލްޑަންގެ އަންހެން ޗެންޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކްއަށްކުޅިވަރު | 8 މަސް ކުރިންހަނގުރާމާއިގެ ސަބަބުން ޖޯޑަންގައި ތާށިވި ދިވެހިޓީމު އެނބުރި އައިސްފިކުޅިވަރު | 9 މަސް ކުރިންފްރެންޗް އޯޕަން ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކަމްބެކް ކާލޯސް އަލްކަރާޒް ހޯދައިފިކުޅިވަރު | 9 މަސް ކުރިން