އަލްކަރާޒް ބަލިކޮށް ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި
14 ޖުލައި 2025 - 03:38

ވިމްބަލްޑަން ފައިނަލްގައި ކާލޮސް އަލްކަރާޒް ބަލިކޮށް، އިޓަލީގެ ޖެނިކް ސިނާ ވަނީ އޯލް އިންގްލެންޑް ކްލަބްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިހާރުގެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސިނާ ވަނީ މި މޮޅާއެކު އޭނާގެ ތިންވަނަ ގްރޭންޑް ސްލެމް ޓައިޓަލް ހޯދާފައެވެ. މިއީ ފްރެންޗް އޯޕަންގައި އަލްކަރާޒްއަށް ބަލިވި ބަލިވުމުގެ ބަދަލު ހިފި މެޗެކެވެ. އަދި މިއީ ސިނާގެ ވިމްބަލްޑަންގެ ފުރަތަމަ ޗެމްޕިއަންކަމެވެ. މިމެޗު ސިނާ ކާމިޔާބުކުރީ 4-6، 6-4، 6-4 އަދި 6-4 އިންނެވެ.

Ad by Hajj Corporation
23 އަހަރުގެ ސިނާއަށް މި ކާމިޔާބީ ލިބުނީ ވޭތުވެދިޔަ މަހު ފްރެންޗް އޯޕަންގެ ފައިނަލްގައި އަލްކަރާޒްއާ ވާދަކޮށް އެ މެޗުގައި ތިން މެޗް ޕޮއިންޓުން މެޗު ގެއްލުމަށްފަހުގައެވެ. އެހެންކަމުން ރޭގެ މެޗަށް ސިނާ ނިކުތީ އެމެޗުގެ ފުރިހަމަ ބަދަލުނެގުމުގެ އުއްމީދުގައެވެ.
ސިނާ އާއި އަލްކަރާޒް އެންމެފަހުން ކުޅުނު 6 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ. މިއާއެކު މިވަގުތު ޓެނިސްގެ ދުނިޔޭގައި ތިބި އެންމެ މޮޅު ދެކުޅުންތެރިންގެ ތެރޭގައި މިދެކުޅުންތެރިންވަނީ ފައިހިއްޕާލާފައެވެ. މި ދެ ކުޅުންތެރިންގެ ވާދަވެރިކަމަކީ އަދި ޅަފަތުގައި އޮތް ވާދަވެރިކަމެއް ނަމަވެސް، މި ވާދަވެރިކަްނ އިތުރަށް ވަރުގަދަވެގެންދާނެކަމަސް ބެލެވެއެވެ.
މި ކާމިޔާބީއާއެކު ސިނާ ވަނީ އަލްކަރާޒްއާ ދެކޮޅަށް ވިދިވިދިގެން ބަލިވަމުން އައި ފަސް މެޗުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ. މިހާރު މި ދެ ކުޅުންތެރިންގެ ހެޑް-ޓު-ހެޑް ރެކޯޑަކީ 8-6 އެވެ. އަދިވެސް އަލްކަރާޒް އޮތީ ކުރީގައެވެ.


