logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފްރެންޗް އޯޕަން ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކަމްބެކް ކާލޯސް އަލްކަރާޒް ހޯދައިފި

އަބްދުﷲ ޣާނިމް
9 ޖޫން 2025 - 02:35
އަލްކަރާޒް މެޗު ނިންމާލުމަށްފު އޮށޯވެލައިގެން. ފޮޓޯ: ސްޕޯރޓިންގ ނިއުސް
އަލްކަރާޒް މެޗު ނިންމާލުމަށްފު އޮށޯވެލައިގެން. ފޮޓޯ: ސްޕޯރޓިންގ ނިއުސް

ސްޕެއިންގެ ޓެނިސް ސްޓާ ކާލޯސް އަލްކަރާޒް ވަނީ ފްރެންޗް އޯޕަންގެ ފައިނަލްގައި ދެ ސެޓް ފަހަތުގައި އޮތުމަށްފަހު ކުރީގައޮ އޮތް ޖެނިކް ސިނާ ބަލިކޮށް، އަލްކަރާޒްގެ ކެރިއަރގައި ފުރަތަމަ ފަހަރަށް މިފަދަ ކަމްބެކެއް ހޯދައިފިއެވެ.

ތިންވަނަ ސެޓުގައި ސިނާ 5-3 އަށް ކުރިއަށް ގޮސް، 0-40 ގައި ޗެމްޕިއަންޝިޕް ޕޮއިންޓް ތިނެއް ލިބުނު ހިސާބުން ވެސް އަލްކަރާޒް ވަނީ ހިތްވަރު ދޫނުކޮށް ކުޅުން ރަނގަޅުކޮށް، އެ ސެޓް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އަލްކަރާޒްގެ ކުޅުމުގެ ފެންވަރު ރަނގަޅުކޮށް، ފޯހޭންޑާއި ބެކްހޭންޑް އަދި ޑްރޮޕް ޝޮޓްތަކާއެކު ވަނީ ޓެނިސްގެ ތާރީޚުގައި ވެސް މަދުން ފެންނަ ފެންވަރުގެ މޮޅުކުޅުމެއް ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަސްވަނަ ސެޓުގައި ވެސް ސިނާއަށް މެޗު ނިންމުމުގެ ފުރުސަތު ލިބުނު ނަމަވެސް، އަލްކަރާޒް ވަނީ ޓައިބްރޭކަކަށް ގެންގޮސް، އެ ޓައިބްރޭކް 10 ޕޮއިންޓަށް ކުޅެވޭ ގޮތަށް އޮތްއިރު، 7-0 އަށް ކުރިއަށް ގޮސް، 9-2 ގައި ލައިން ޝޮޓަކުން މެޗު ނިންމާލާފައެވެ.

މިއީ ރޮލަން ގެރޯސްގެ ޑިފެންޑިންގ ޗެމްޕިއަން އަލްކަރާޒް ހޯދި ބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ސްޕެއިންގެ ޓެނިސް ލެޖެންޑް ރަފައެލް ނަދާލްގެ ފަހުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ އަލްކަރާޒް ހޯދި އެންމެ މުހިންމު ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއެވެ.

މޭޖަރ ފައިނަލްތަކުގެ ތެރެއިން ދެވަނައަށް އެންމެ ދިގު މެޗުގައި އަލްކަރާޒް ހޯދި މި ކަމްބެކަކީ ޓެނިސްގެ ތާރީޚުގައި ދުވަހަކު ވެސް ނުފެންނާނެ ފަދަ ކަމްބެކެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްކަރާޒް ބަލިކޮށް ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި ކުޅިވަރު | 6 މަސް ކުރިންވިމްބަލްޑަންގެ އަންހެން ޗެންޕިއަންކަން ޕޮލެންޑްގެ އިގާ ސްވިއަޓެކްއަށްކުޅިވަރު | 6 މަސް ކުރިންހަނގުރާމާއިގެ ސަބަބުން ޖޯޑަންގައި ތާށިވި ދިވެހިޓީމު އެނބުރި އައިސްފިކުޅިވަރު | 7 މަސް ކުރިންފްރެންޗް އޯޕަން ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކަމްބެކް ކާލޯސް އަލްކަރާޒް ހޯދައިފިކުޅިވަރު | 7 މަސް ކުރިން