logo
ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓުMPL - Maldives Maritime Conference

MPL - Maldives Maritime Conference

ވިޔަފާރި

ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދަކަށް!

މުޙައްމަދު އަފްރާޙް
31 މާރިޗު 2026 - 10:22
ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދަކަށް!

ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދެއް ކަމަށްވާ 62 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

28 މާރިޗު 2026 ގައި ބޭއްވުނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާއަށްފަހު، ރާއްޖޭގެ މާލީ ބާޒާރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލެއް އައިސް، ރާއްޖޭގެ ކެޕިޓަލް މާކެޓަށް ތާރީޚީ ކުރިއެރުމެއް ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

27 މާރިޗު 2026 ވަނަ ދުވަހާ ހަމައަށް، ލިސްޓުކޮށްފައިވާ ހުރިހާ ސެކިއުރިޓީޒްތަކެއްގެ މާކެޓް ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާގައެވެ. ނަމަވެސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބޯނަސް ހިއްސާ ދޫކުރުމަށާއި ޝެއަރ ސްޕްލިޓް (ހިއްސާ ބައިކުރުން) ފާސްކުރުމާއެކު، މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 62 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މާކެޓް އަގަށް އައި މި ބޮޑު ބަދަލަކީ މުޅިންހެން ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން އައި ބަދަލެއްކަން ފާހަގަކުރެވެއެވެ.

ބީއެމްއެލްގެ މާކެޓް ކެޕިޓަލައިޒޭޝަން 27 މާރިޗުގައި ހުރި 3.6 ބިލިއަން ރުފިޔާއިން، 30 މާރިޗު 2026 އާ ހަމައަށް 31.97 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއާއެކު އެ ބޭންކް ވެފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށެވެ.

ލިކުއިޑިޓީއަށް އައި ބަދަލާއި މާކެޓްގައި ބައިވެރިވުން

މާކެޓަށް އައި މި ބަދަލު ބޮޑަށް ގުޅިފައިވަނީ ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމަށް މަގުފަހިވެ، ލިކުއިޑިޓީ އިތުރުވުމާއެވެ. 2025 ވަނަ އަހަރު ބީއެމްއެލްގެ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ އެވްރެޖް މާކެޓްގެ އަގު ހުރީ ގާތްގަނޑަކަށް 800 ރުފިޔާގައެވެ. ނަމަވެސް، ބޯނަސް އިޝޫ އާއި ޝެއަރ ސްޕްލިޓަށްފަހު، 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓް އަގު މިހާރު ވަނީ ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެފައެވެ. މިއީ، ނިސްބަތުން މިނިންމުމުގެ ކުރިން ގަނެވިއްކުމުގެ މުއާމަލާތްތަކުގެ އަގަށް ބަލއިފިނަމަ ގާތްގަނޑަކަށް %650 ގެ މާކެޓް އަގުގެ ކުރިއެރުމެކެވެ.

މި ބަދަލުގެ ސަބަބުން ވަގުތުން ދެ ނަތީޖާއެއް ފެނިގެންދިޔައެވެ. ފުރަތަމަ ކަމަކީ، މިހާރު ތިބި ހިއްސާދާރުން މާކެޓްގައި ހަރަކާތްތެރިވުމަށް ހިތްވަރު ލިބި، ހިއްސާ ވިއްކުމުގެ ހަރަކާތްތައް އިތުރުވުމެވެ. ދެވަނަ އަދި އެންމެ މުހިންމު ކަމަކީ، އާ އިންވެސްޓަރުންނަށް، ހާއްސަކޮށް ޒުވާނުންނަށް، މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ކުޑަވެ، ގިނަ ބަޔަކަށް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދިއުމެވެ.

މާކެޓްގައި ބައިވެރިވާ މިންވަރު ފުޅާވެގެންދިއުން

މި ކުރިއެރުމާ ގުޅޭގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ގްރޫޕް ސީއީއޯ ވިދާޅުވީ ފަހުގެ ޑޭޓާތަކުން ދައްކާގޮތުގައި މި ނިންމުމުގެ ސަބަބުން ދިގު މުއްދަތަށް އިންވެސްޓްކޮށްފައިތިބި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބިގެންދާ ކަމަށެވެ. އެއީ ބޭންކް މިއަދު އޮތް ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއްވީ ފަރާތްތައް ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކު، މީގެ ސަބަބުން ޒުވާނުންނާއި މުޅިން އަލަށް އިންވެސްޓްކުރާ ފަރާތްތަކަށް މާކެޓަށް ވަދެ، ކުންފުނީގެ މުސްތަގުބަލުގެ ކުރިއެރުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ކުރިއެރުމުން ހާމަވަނީ ކެޕިޓަލް މާކެޓް ތަރައްގީކުރުމުގެ މުހިންމު މަގްސަދެކެވެ. އެއީ މިހާރު ތިބި ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމާއެކު، އާ އިންވެސްޓަރުންނަށް ފަސޭހައިން ބައިވެރިވެވޭނެ ފަދަ، ހުރިހާ އެންމެން ޝާމިލުވާ އިންވެސްޓްމަންޓް މާހައުލެއް ގާއިމުކުރުމެވެ.

މުޅި މާކެޓްގެ ލިކުއިޑިޓީއަށް ލިބުނު ސިގްނަލް

ބީއެމްއެލްގެ މި ނިންމުމަކީ ކެޕިޓަލް ރީސްޓްރަކްޗަރިންގ މެދުވެރިކޮށް ކުރިއަރަމުން އަންނަ މާކެޓްތަކުގައި ލިކުއިޑިޓީ އިތުރުކުރެވިދާނެ ގޮތުގެ ސާފު މިސާލެކެވެ. މާކެޓްގައި ގަނެވިއްކޭ ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއެއްގެ އަގު ހެޔޮކުރުމުން، ސެކަންޑަރީ މާކެޓް އިތުރަށް ހަރަކާތްތެރިވުމަށް ވަނީ މަގުފަހިވެފައެވެ.

މިއީ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކަށްވެސް ލިބިގެންދިޔަ މުހިންމު ސިގްނަލްއެކެވެ. މިހާރު ޕްރައިސް-ޓު-ބުކް ރޭޝިއޯ ގާތްގަނޑަކަށް 0.66 ގައި ހުރި އަދި ގާތްގަނޑަކަށް %4 ގެ ޑިވިޑެންޑް ޔީލްޑެއް ލިބޭ އެސްޓީއޯ ފަދަ ކުންފުނިތަކަށްވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމުން ފައިދާ ކުރާނެއެވެ. ދޫކޮށްފައިވާ ހިއްސާގެ އަދަދު ނިސްބަތުން މަދު އެސްޓީއޯއަށްވެސް، ރަނގަޅަށް ރޭވިފައިވާ ޝެއަރ ސްޕްލިޓެއް މެދުވެރިކޮށް ލިކުއިޑިޓީ އިތުރުކޮށް، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

މާކެޓަށް އައި ތާރީޚީ ބަދަލެއް

ބީއެމެއެލް އޭޖީއެމްއަށްފަހު މާކެޓުގެ ތަފާސްހިސާބުތަކުން ފެނުނީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓަށް އައި މުހިންމު ބަދަލެކެވެ. މާކެޓް ކެޕިޓަލައިޒޭޝަނަށް އައި ބޮޑު ކުރިއެރުމާއި، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވުމަކީ، ހަރުދަނާކަމާއެކު ތަންފީޒުކުރެވޭ ކޯޕަރޭޓް ނިންމުންތަކުގެ ސަބަބުން މާކެޓަށް އަތުވެދާނެ ބޮޑު ބަދަލުތަކުގެ ހެއްކެކެވެ.

މާކެޓް ތަރައްޤީވަމުންދާއިރު، މިއީ ރާއްޖޭގެ މާކެޓުގައި ހިއްސާ ގަނެވިއްކުމުގެ ފުރުސަތުތަކާއި، އަދި އިންވެސްޓަރުންގެ ޝައުޤުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސްދިން ތާރީޚީ ބަދަލެއްގެ ގޮތުގައި ބެލެވިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދަކަށް! ވިޔަފާރި | ގަޑިއިރެއް ކުރިންބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފިޚަބަރު | ދުވަހެއް ކުރިންބީއެމްއެލްގެ ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފިވިޔަފާރި | 2 ދުވަސް ކުރިން އަމާޒަކީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް،ދިވެހީންގެ ބޭންކުގެ ގޮތުގައި ދެމިތިބުން: ބީއެމްއެލްގެ ސިއީއޯޚަބަރު | 2 ދުވަސް ކުރިން