logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޭޕްރީލު 2026 - 13:58
4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން، ފޮޓޯ: ޕޮލިސް
4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން، ފޮޓޯ: ޕޮލިސް

މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، ފަސްވަނަ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މި ވައްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ޖުމުލަ ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާއިރު، ފުލުހުން ބުނީ މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އޭގެ ތެރެއިން އެންމެ 50,000 (ފަންސާސް ހާސް) ރުފިޔާ ކަމަށެވެ. މި ބޮޑު ވައްކަމުގެ ތުހުމަތުގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް ބަންދުގައި ބައިތިއްބާފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި، ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް (40އ) އާއި، ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް (36އ) ގެ އިތުރުން މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް (39އ) އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ޖުމުލަ ފަސް މީހަކަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން އަދި ހައްޔަރު ނުކުރެވި ހުރި ފަސްވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ހިންގަމުންނެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މި މައްސަލައިގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީޗަރަކަށް ދަރިވަރަކު ހަމަލާދީ ޒަހަމްކޮށްލައިފިޚަބަރު | ގަޑިއިރެއް ކުރިން4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަނީޚަބަރު | ގަޑިއިރެއް ކުރިންރިސޯޓެއްގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންދެ ފަހަރެއްގެ މަތިން ފޭކް ސްލިޕެއް ބޭނުންކޮށްގެން ހޮޓެލް ބުކިން ހެއްދި މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން