logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ގދ. އަތޮޅު މަދަރުސާގެ ޓީޗަރަކަށް ދަރިވަރަކު ހަމަލާދީ ޒަހަމްކޮށްލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޭޕްރީލު 2026 - 14:25
Screenshot
Screenshot

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ރިޕޯޓްކޮށްފައިވަނީ 12 އޭޕްރީލް 2026 ވީ އާދިއްތަ ދުވަހުގެ ހެނދުނު 11:46 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އެ ރަށު ހެލްތު ސެންޓަރުގައެވެ. ނަމަވެސް، އަނިޔާގެ ސީރިއަސްކަމުން އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓީޗަރަށް ހަމަލާދީފައިވަނީ ކޮމްޕިއުޓަރު ކްލާހެއްގެ ތެރޭގައެވެ. އެ ދަރިވަރު ކޮމްޕިއުޓަރުން ގޭމް ކުޅެން އިނުމުން، އެގޮތަށް އެކަން ނުކުރުމަށް ޓީޗަރު އެންގުމާ ގުޅިގެން އައި ރުޅީގައި ޓީޗަރަށް ޖިސްމާނީ ގޮތުން ހަމަލާދިނީއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީޗަރަކަށް ދަރިވަރަކު ހަމަލާދީ ޒަހަމްކޮށްލައިފިޚަބަރު | 2 ގަޑިއިރު ކުރިން4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިންރިސޯޓެއްގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންދެ ފަހަރެއްގެ މަތިން ފޭކް ސްލިޕެއް ބޭނުންކޮށްގެން ހޮޓެލް ބުކިން ހެއްދި މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން