logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ވިޔަފާރި

އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް!

އިސްމާޢިލް ރާތިޢު
15 އޭޕްރީލު 2026 - 14:31
އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް!

އިންކަމް ޓެކްސް، ނުވަތަ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި، އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް 2.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިިހާތަނަށް 2.3 ބިލިއަން ރުފިޔާ، އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއު 31% ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ %1.5 އިތުރު އަދަދެކެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ 3 މަސްދުވަހު 520 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 329 މިލިއަން ރުފިޔާއާ އަޅާބަލާއިރު %57.8 އިތުރު އަދަދެކެވެ.

ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު، 150 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 134 މިލިއަން ރުފިޔާއާ އަޅާބަލާއިރު %11.8 އިތުރު އަދަދެކެވެ.

ބޭންކުތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 490 މިލިއަން ރުފިޔާ، މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 159 މިލިއަން ރުފިޔާކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 207% އިތުރު އަދަދެކެވެ.

އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއްވިޔަފާރި | ދުވަހެއް ކުރިންނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފިޚަބަރު | 7 ދުވަސް ކުރިންޑޮލަރު އާމްދަނީ 1.2 ބިލިއަނަށްވިޔަފާރި | 8 ދުވަސް ކުރިންމީރާއަށް މިދިޔަ މަހު 2.69 ބިލިއަން ރުފިޔާވިޔަފާރި | 9 ދުވަސް ކުރިން