logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ޗައިނާގެ އެހީ!

ޒިދާން މުޙައްމަދު
25 އޭޕްރީލު 2026 - 09:36
މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ޗައިނާގެ އެހީ!

ވެރިރަށް މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ، ބެއިޖިންގައި ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިންނެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގގައި މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން ވަނީ މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިންގ ޔުނިޓު ގާއިމުކުރުމަށް މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ އަލީގައި މިމަޝްރޫޢު ކުރިއަށްގެންދިޔުމުގައި ދެޤައުމަށް އެއްބަސްވެވުނު ކަންތައްތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި ވަނީ ސޮއިކޮށްފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މާލޭގައި ސޯޝަލް ހައުސިންގ ޔުނިޓު އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވެފައިވަނީ އިންޓްރެސްޓަކާ ނުލައި ދޭ އެހީގެ ގޮތުގައެވެ.

މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަޝްވަރާތަކުގެ އަދި އެއްބަސްވެވުނު ކަންތައްތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެންގއެވެ.

ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން އިތުރު ބައްދަލުވުމެއްވެސް ބާއްވާފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ޗައިނާގެ އެހީ!ޚަބަރު | 2 ގަޑިއިރު ކުރިން