މާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިމިއްޖެ
30 ޖުލައި 2026 - 11:51

އދ. މާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މަޝްރޫޢުގެ ދަށުން އެރަށުގައި 4.89 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގެ މަގުތަކުގައި ތާރުއަޅައި، ވާރޭވެހި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު (ސްޓޯމް ވޯޓަރ ސިސްޓަމް) ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއު ނިމުމުން މާމިގިލީގެ މަގުތަކަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

-01.jpg&w=3840&q=75)
