logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

ކިނޮޅަސް ކައުންސިލް ޢިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ

އައިޝަތު އިނާޝާ
5 އޯގަސްޓު 2026 - 06:21
ކިނޮޅަސް ކައުންސިލް ޢިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރެއިން ރ. ކިނޮޅަސް ކައުންސިލު ޢިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް(އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ސިމެންތިޖެހުމުގެ މަސައްކަތް އަދި ވަށާފާރުގެ މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލްއިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | 3 ގަޑިއިރު ކުރިންމާޅެންދޫ ގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފިޚަބަރު | 2 މަސް ކުރިންކިނޮޅަސް ކައުންސިލް ޢިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | 2 މަސް ކުރިންމާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިމިއްޖެޚަބަރު | 2 މަސް ކުރިން