logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ

އައިޝަތު އިނާޝާ
13 އޮކްޓޯބަރު 2026 - 06:58
ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ

ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމާއި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މޫދަށް އެރޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

ބަނދަރު ފުން ކުރުން: 11,132 ކިއުބިކް މީޓަރު

ބްރޭކްވޯޓަރ (ތޮށިގަނޑު): 477 މީޓަރު

ރެވެޓްމަންޓް: 129 މީޓަރު

ކުއޭ ވޯލް (އެއްގަމުތޮށި): 1 މީޓަރު

ޖެޓީ: 198 މީޓަރު (ފުޅާމިން: 2 މީޓަރު)

ބްރިޖް: 6 މީޓަރު (ފުޅާމިން: 2 މީޓަރު)

މި މަޝްރޫޢުގެ ތެރެއިން އާންމުންނަށް ހިތްފަސޭހަކަމާއެކު މޫދަށް އެރިވޭނެ ސަރަހައްދެއް ތަރައްގީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

މޫދަށް އެރޭ ސަރަހައްދުގެ ބްރޭކްވޯޓަރ: 387 މީޓަރު

ސަރަހައްދު ކޮނެ ސާފުކުރުން: 1,104 ކިއުބިކް މީޓަރު

މި މަޝްރޫޢު ނިމިގެންދިއުމާއެކު، ބަނދަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ރަށުގެ އިގްތިސާދީ އަދި އިޖުތިމާޢީ ކަންކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | ގަޑިއިރެއް ކުރިންމާޅެންދޫ ގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފިޚަބަރު | 2 މަސް ކުރިންކިނޮޅަސް ކައުންސިލް ޢިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | 2 މަސް ކުރިންމާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިމިއްޖެޚަބަރު | 2 މަސް ކުރިން