logo
Bank of Maldives

Bank of Maldives

ޚަބަރު

މާޅެންދޫ ގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި

އައިޝަތު އިނާޝާ
10 އޯގަސްޓު 2026 - 06:07
މާޅެންދޫ ގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ނ. މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް ހުޅުވައިފިއެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ޕާކު ހުޅުވައިދެއްވީ މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ހުސައިންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާޅެންދޫ ގައި ތަރައްޤީކުރި ޕާކު ހިމެނޭހެން ފާއިތުވި ދުވަސްތަކުގައި ކުޑަކުދިންގެ ޕާކުގެތަކުގެ ތެރެއިން 5 ޕާކެއްގެ މަސައްކަތް ނިންމައި ރަސްމީކޮށް ވަނީ ހުޅުވާފައިއެވެ. އެއީ ނ. ވެލިދޫ، ނ. ކެނދިކުޅުދޫ އަދި ނ. ހެނބަދޫ، ނ. މާޅެންދޫގެ އިތުރުން ނ، ކުޑަފަރީގައި ގާޢިމްކުރި ޕާކުތަކެވެ.

ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)، އާރްޑީސީ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ އިތުރުން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗްގައި 14 ރަށް އަދި ދެވަނަ ބެޗްގައި 32 ރަށް ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާޅެންދޫ ގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންކިނޮޅަސް ކައުންސިލް ޢިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | 5 ދުވަސް ކުރިންމާމިގިލި މަގުތައް ހެދުމުގެ މަޝްރޫޢުގެ 95 އިންސައްތަ ނިމިއްޖެޚަބަރު | 11 ދުވަސް ކުރިންމާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ޗައިނާގެ އެހީ!ޚަބަރު | 4 މަސް ކުރިން