logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

މުޙައްމަދު އަފްރާޙް
30 އޭޕްރީލު 2026 - 08:38
ރައީސް އޮފީހުގެ ތަރުޖަމާން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފު، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވާ ފުރަތަަމަ ބައްދަލުވުން ބާއްވައިފިއެވެ.

އެގޮތުން ފުރަތަމަ ބައްދަލުވުން އޭޕްރިލް 30 ވީ ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު، މި ސިލްސިލާ ކުރިއަށްގެންދަނީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވައި ތަރުޖަމާނު ވިދާޅުވީ މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާ ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މީގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ ސަރުކާރުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް "ޕްރެސަރ" ގެ އަޑާއި މަންޒަރު އަދި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ އަދާހަމަ އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް ވެސް ހިއްސާކުރައްވާނެ ކަމަށެވެ. އެގޮތުން، "ދަފީޑް.އެމްވީ" ގެ ނަމުގައި އިންސްޓަގްރާމް އާއި ޓިކްޓޮކް އެކައުންޓް ވަނީ ތައާރަފުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނުޚަބަރު | 25 ދުވަސް ކުރިންރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 2 މަސް ކުރިންސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް: ތަރުޖަމާންޚަބަރު | 4 މަސް ކުރިންރައީސް އޮފީހުގެ މުޝީރުކަމުން އާދަމް ނަސީރު އިސްތިއުފާދެއްވައިފިޚަބަރު | 5 މަސް ކުރިން